ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަރޯ އަދި ޓޯއީގެ “ދޮން އައިސަ” ވަރަށް ފައްކާ!

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި މިއުޒިކީ ޖައްވުގައި ގުގުމައިލި “ދޮން އައިސަ”ގެ ފައްކާ ރީމޭކެއް، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) ގެނެސްދީފިއެވެ. ބަރޯގެ މި ލަވައަށް ފީޗާކޮށްފައިވަނީ ރެޕްގެ ދުނިޔޭގައި މަޝްހޫރު ފަންނާނު މުޙައްމަދު ނަބީލް ނިޔާޒް (ޓޯއީ) އެވެ.

ޝަމްވީލް ގެނެސްދީފައި މި ލަވައިގެ ހިތްގައިމު އަދި ތަފާތު ވީޑިއޯ ޑައިރެކްޓްކޮށް، ކޮރިއޮގްރަފީ ހަދައި އެޑިޓްކޮށްފައިވަނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ރަވީ ފާރޫޤް އެވެ. ލަވައިގެ ސިނަމޮޓޮގްރާފީ ހެދީ މަފާޒް އަދި ސުނޭ އެވެ.

“ދޮން އައިސަ” ލަވައިގެ އަސްލު ލިރިކްސްއަށް ޒަމާނީ ބަދަލުތައް ގެނައީ ޔާމީން އެވެ. ޝަމްވީލް އެރޭންޖްކޮށްފައިވާ މިއުޒިކް އަދި މިކްސިން ހެދީ ސްޓާރލްޒް އިންނެވެ.

ަ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top