ރާއްޖޭގެ އެންމެ ބޮޑު ސިނަމާ، އޮލިމްޕަސްގެ ގޯތިތެރޭގައި ހުންނަ ކެފޭ އަލުން މަރާމާތުކޮށް ހުޅުވައިފިއެވެ. މި ކެފޭ ބަންދުކުރީ މިދިޔަ އަހަރު ޖުލައި މަހު، އެ ކެފޭގެ ސީލިންގުގައި ކަތުރުފަނި އެޅުމުގެ ސަބަބުން ސީލިންގް ވެއްޓުމާއި ގުޅިގެންނެވެ.

ކެފޭ އަލުން މަރާމާތުކޮށްފައިވާއިރު، ޑެކެއް އަޅައި، މަތީގައި މީހުންނަށް ތިބެވޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ފަށާފައިވިޔަސް، އަދި އެއްކޮށް އެބައި ނުނިމި ހުރިކަން ފާހަގަކޮށްލެވެއެވެ.

އޮލިމްޕަހުގައި ހިންގާ މި ކެފޭއަކީ އެ ސިނަމާއަށް ދާ މީހުންންގެ އިތުރުން ފިލްމި އަދި މިއުޒިކީ ދާއިރާގެ މީހުން ވަަރަށް އާއްމުކޮށް ގޮސް އުޅުނު ކެފޭއެކެވެ. މި ކެފޭއަކީ އާންމުންނަށް ވެސް ހުޅުވާލައިފައި ހުންނަ ކެފޭއެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮލިމްޕަހުގެ ސިނަމާ ހޯލާއި ގޯތިތެރެ ވަނީ ވަރަށް ބޮޑަށް މަރާމާތު ކޮށްފަ އެވެ. އޮލިމްޕަސް މަރާމާތުކޮށް، އެ ތަނަށް ޒަމާނީ ވަސީލަތްތައް ހޯދީ އިންޑިއާގެ ސަރުކާރުން ދިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.