މިއީ މީގެ ދުވަސްކޮޅެއް ކުރިން ފޭސްބްކް ތެރެއިން ފެނުނު ލިޔުންކޮޅެކެވެ. ދިއިސްލާމް ވެބްސައިޓުން ނަގާފައިވާ ލިޔުންކޮޅެއް ކަމަށް ބުނެ ދައުރުވަމުން ދިޔަ މި ލިޔުންކޮޅަކީ މިއީ އަސްލު ހިނގި ކަމެއް ނޫންކަމަށްވެސް ވެދާނެ އެވެ. އެހެނަސް މިއީ ޢިބްރަތުގެ ދަރުހެކެވެ. އެހެންކަމުން މި ލިޔުމަށް މާ ބޮޑު ބަދަލެއް ނުގެނެސް، މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ވީޑިއޯއެއް އާއްމުކޮށްލީމުއެވެ.
ވީޑިއޯ ހެދީ އޭއައި ބޭނުންކޮށްގެން ބައެއް މަންޒަރުތައް އުފައްދައިގެންނާއި ނެރޭޓްކުރާ މީހާގެ ވީޑިއޯއެއް އުފައްދައިގެންނެވެ. އަޑު އެހުރީ އޭއައިގެ އެހީގައި ކްލޯންކޮށްފައެވެ.
@muniavas މަންމަ ބަލަހައްޓާނެ މީހަކު ހޮވަން ކޯޓަށް! Mamma balahattaane meehaku hovan koatah! #parents #mother #caretaker #lovetoparents ♬ original sound – MUNIAVAS
އާންމުކޮށް މީހުން ހީކުރަނީ ދެބެއިން ނުވަތަ އާއިލީ މެންބަރުން ކޯޓަށް ދާނަމަ، އެއީ ވާރުތައިގެ މައްސަލައެއް ނުވަތަ ބިމުގެ ދެބަސްވުމެއް ކަމަށެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާ އިން ފެނުނު މިޙަޤީޤީ ވާހަކައަކީ މުޅިން ތަފާތު އަދި ހިތަށް ވަރަށް އަސަރުކުރާ ވާހަކައެކެވެ.
އުމުރުން ދުވަސްވީ ބޭފުޅެއް ކަމަށްވާ ޙިޒާމް އަލް-ޣަމްދީއަށް، އެމަނިކުފާނުގެ ކޮއްކޮއާ ދެކޮޅަށް ކޯޓަށް ހާޒިރުވެ، ޖަދަލު ކުރަން ޖެހުނެވެ. އެ ދެބެއިންގެ މައްސަލައަކީ ފައިސާއަކާ ބެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެމީހުންގެ ބަލިކަށި، އުމުރުން ދުވަސްވީ މަންމަ ބެލެހެއްޓުމުގެ ޒިންމާ ނަގަން ކޮންމެ ބޭފުޅަކުވެސް ދަޢުވާ ކުރަމުންދިޔައެވެ.
ޙިޒާމް ވަރަށް ވަރުގަދައަށް ދަޢުވާ ކުރަމުންދިޔައީ، އޭނާ އަބަދުވެސް މަންމަ ބެލެހެއްޓި ފަދައިން، އެގޮތުގައި ކުރިއަށް އޮތްތާނގާވެސް ބަލަހައްޓަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ މަންމައަކީ އޭނާގެ ދިރިއުޅުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އޭނާގެ ކޮއްކޮ އެކަމާ ދެކޮޅު ހަދަމުންދިޔައީ، ޙިޒާމް އަކީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާތީ، އޭނާއަށް އަރާމު ބޭނުންވާނެ ކަމަށް ޚުދު ޙިޒާމް ވެސް އެއްބަސްވާ ކަމަށް ބުނެއެވެ.
ދެބެއިންވެސް އެމީހުންގެ މަންމަ ބެލެހެއްޓުމުގެ ޝަރަފު ލިބިގަތުމަށް ބޭނުންވެ، ފަނޑިޔާރުގެ ކުރިމަތީގައި އެދެމުންދިޔައިރު، ކޯޓު ތެރޭގައި ވަރަށް ބޮޑު އަސަރެއް ފެތުރިގެން ދިޔައެވެ. ނިމުން ކަނޑައަޅަން ނޭނގިފައި އިންނެވި ފަނޑިޔާރު، އެ ދެބެއިންގެ މަންމަ ކޯޓަށް ހާޒިރުކޮށް، މަންމަ ބަލަހައްޓަން ހަވާލުކުރަންވީ ކާކާތޯ ނިންމުމަށް އެދުނެވެ.
އެ މަންމަ ދެއްވި ޖަވާބު ކޯޓުތެރޭގައި ތިބި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރިއެވެ. އެ މަންމަ ބުނީ، ދެ ދަރިންނަކީވެސް އެ މަންމަގެ ވާތާއި ކަނާތު ލޯ ކަމަށްވާތީ، އެ ދެދަރިންގެ ތެރެއިން ވަކި ދަރިއަކު ހޮވަން ނޭނގޭ ކަމަށެވެ. މަންމައަށް ނިންމަން ނޭނގުމުގެ ސަބަބުން، ފަނޑިޔާރަށް ޙުކުމް ކުރުމަށްޓަކައި އެއްވެސް އިމޯޝަނެއް ނެތި ޢަޤްލަށް ބުރަވެ ނިންމަން ޖެހުނެވެ.
އެންމެ ފަހުން ކޯޓުން ޙުކުމް ކުރީ މަންމަ ބެލެހެއްޓުމުގެ ޒިންމާ ކޮއްކޮއަށް ދިނުމަށެވެ. އެއީ އޭނާގެ އުމުރުން ހަގުކަމާއި، ބާރުގަދަކަމަށް ބަލާފަ. މި ނިންމުން އިޢުލާނުކުރި ވަގުތު، ޙިޒާމް ރޯން ފެށުމުން، ކޯޓު ތެރޭގައި ހިތާމަވެރި މާހައުލެއް އުފެދުނެވެ.
އޭނާއަށް ރޮވިގެންދިޔައީ ބިރަކަށް ނުވަތަ ރުޅިއަކަށް ނޫނެވެ. އޭނާގެ މަންމަގެ ދިރިއުޅުމުގެ ބާކީ ދުވަސްތަކުގައި، އެ މަންމައަށް ޚިދުމަތްކުރުމުގެ އަގުބޮޑު ފުރުސަތު ”ގެއްލި“ ދިޔަކަމަށް އިޙްސާސް ކުރެވުމުން ކަމަށް އޭނާ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




