ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މެރި ޒިންދަގީ ހޭ ތޫ” އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!

މި ދުވަސްކޮޅު އޭއާރްވައި އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ “މެރި ޒިންދަގީ ހޭ ތޫ”ގެ ކުރިއަށް ހުރި އެޕިސޯޑްތަކުން ވަރުގަދަަ ޓްވިސްޓެސް ފެނިގެންދާނެ ކަމުގެ އިޝާރާތެއް ވެއްޖެއެވެ.

މިދިޔަ މަހު 07 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި “މެރި ޒިންދަގީ ހޭ ތޫ”ގެ 14 ވަނަ ގިސްތު، މިމަހު 20ވަނަ ދުވަހުގެ ރޭ އޮން ްއެއަރކޮށްފައިވާއިރު އެ އެޕިސޯޑުން ފެެނިގެންދިޔައީ އައިރާ އަދި ކާމްޔާރްގެ ކައިވެނި، ދެ އާއިލާގެ ރުހުމާއެކު ހަމަޖެހިގެން ދިޔަ ތަނެވެ. ނަމަވެސް ކައިވެންްޏަށް އެދި އައިރާގެ ގެއަށް ގޮސް ތިބި އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައިރު، ކާމްޔާރްގެ މޫނުމަަތިންް، ހީލަތްތެރިކަމާ ކޮންމެވެސް ނުބައި ޕްްލޭނެއް އޭނާާގެ ސިކުނޑިތެރޭގައި ރާވަމުން އަންްނަ ކަމުގެ ކުލަވަރު ފެނިގެންދާ ދެތިން މަންޒަރެއް ފާހަގަކުރެވުނެވެ.

އައިރާގެ ލޯބި ކާމިޔާބުކުރުމަށްޓަކައި ކާމްޔާރް އެތައް މަސައްކަތެއްކޮށް، އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލައި ހަރުދަނާާ މީހަކަށް ބަދަލުވަނީ އައިރާ މިލްކުރުކުރުމުގެ އުއްމީދުގައެވެ. ނަމަވެސް ދެ އާއިލާއިން ކައިވެނި ހަމަޖައްސާއިރު ކާމްޔާރްގެ މޫނުމަތިން ހީލާތްތެރި، ބިރުވެރި ހިނުތުންވުމެއް ދައްކައެވެ.

މިކަމުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައިވެއެވެ. ޚާއްސަކޮށް ކާމްޔާރަށް، އައިރާ އެތަކެއް ފުރައްސާރައެއްކޮށް ދެ ފަހަރު މަތިން އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފައިވުމުން، މިއީ ކާމްްޔާރްގެ މޫނުމަތި އޮމާންކޮށްގެން އޭގެ ނިވަލުގައި ހުރެ އައިރާގެ ކިބައިން ބަދަލުހިފުމަށް ހިންގާ މޮޅު ޕްލޭނެއް ނޫންބާއޭޭ ސުވާލު އުފެދިފައިވެއެވެ.

ރަދައިން ޝާހް ލިޔެދީފައިވާ ލޯބީގެ މި އަސަރުގަދަ ޑްރާމާ ޑައިރެކްޓް ކޮށްފައިވަނީ “މޭރޭ ޕާސް ތުމް ހޯ” އަދި “ހަބްސް” ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ މުސާދިޤް މާލިކެވެ. ޕްރޮޑިއުސްކުރީ ހުމަޔުން ސައީދު އާއި ޝެހެޒާދު ނަސީބެވެ.

ބިލާލް އާއި ހާނިއާގެ އިތުރުން އަލީ ޚާން، ޖަވޭރިއާ އައްބާސީ، އަރްޖުމަންދު ރަހީމް އަދި އަދުނާން ޖައުފަރް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާ މި ޑްރާމާގައި ދައްކުވައިދެނީ ތަޤުދީރުން ގުޅުވި ދެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެކެވެ. ލޯބީގެ ހިތްދަތިކަމާއި ހާމަނުކުރާ ހުވަފެންތަކާއި އާއިލާގެ އުންމީދުތަކާއި ޒާތީ ޤުރުބާނީތައް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top