ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކެމްޕޭންތަކުގައި ފިކުރީ މުދަލަށް އިޙްތިރާމްކުރުން : އެހެން މީހުންގެ ލަވަތައް ބޭނުންކުރުމުގެ ނުރައްކާ!
ރާއްޖޭގެ މަޝްހޫރު މިއުޒީޝަން އަދި ކޮމްޕޯސަރ ޙުސައިން ޞަބާހް - ފޮޓޯ: ސޮބާ ފޭސްބްކް

ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކެމްޕޭންތަކުގައި ފޯރިގަދަކުރުމަށްޓަކައި އެކި ބާވަތުގެ ލަވަތަކާއި މިއުޒިކް ބޭނުންކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މިކަމުގައި ކަންބޮޑުވާންޖެހޭ ފަދަ އާދަތަކެއް ވަނީ ފެންމަތިވާން ފަށާފައެވެ. ވަކިން ޚާއްޞަކޮށް، ކުރީގެ ކެމްޕޭންތަކުގައި ވަކި ބަޔަކު ބޭނުންކޮށްފައިވާ ޚާއްޞަ ލަވަތަކާއި، ފަންނާނުންގެ އަމިއްލަ އުފެއްދުންތައް، އެއްވެސް ހުއްދައެއް ހޯދުމެއްނެތި މިހާރު ބައެއް މީހުން ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިހާރު އަސްލު ދިވެހިރާއްޖޭގަ ކެމްޕޭންކުރުމުގަ މީ ތަހުޒީބުވާން ޖެހޭ ވަރަށްވުރެ މާބޮޑަށް ނާތަހުޒީބުކޮށް ރާއްޖޭގަ ކެމްޕޭނުތައް ދާކަން ފާހަގަކޮށްލެވޭ. އޭގެ އެއް ކަމަކީ މިސާލަކަށް މީގެ ދިހަ އަހަރުކުރިން ހަދާފަ ހުރި ލަވައެއް “ހިތް ހެޔޮވާނޭ، ވަފާތެރިވާނޭ” – އެ ލަވަޔަކީވެސް ހަމަ އޭރުގަ ކެމްޕޭނަށް ކުރިމަތިލީ މެންބަރަކަށް ކުރިމަތީލީ މީހަކު ވަރަށް ބޮޑަށް ޚަރަދުކޮށްގެން، އޭނަގެ ނަމާ އޭނަގެ ރަށާ އޭނަގެ ދާއިރާ ކިޔާފަ މުޅި ލަވަ ލާފަ ހުރި ލަވައެއް. އެހެން ނަމަވެސް އެ ލަވައިން ހަމައެކަނި އެތަންކޮޅު ކަޓްކޮށްލައިގެން ނަގައިގެން ސަރުކާރަށް ނުވަތަ ރައްޔިތުންގެ އެވަރުގެ ކަމެއް ތަމްސީލުކޮށްދޭން ނުކުނުންނަ މީހުން އެބަ ބޭނުންކުރޭ. އެމީހުންގެ އޮއްޓަރު ދައްކަދިނުމުގެ ބަދަލުގަ އެމީހުންގެ ނާތަހުޒީބުކަން ދައްކަދެވޭ ވަރަށް ބޮޑު އެއްކަމެއް އަސްލު އެއީ-“

ރާއްޖޭގެ ގިނަ ބަޔަކަށް ކެމްޕޭން ލަވަތައް ތައްޔާރުކޮށްދެމުން އަންނަ މަޝްހޫރު މިއުޒީޝަން ޙުސައިން ޞަބާހް މިކަން ފާހަކަކުރަނީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައެވެ.

ޞަބާހުގެ ކަންބޮޑުވުން އަމާޒުވެފައިހުރީ ކޮޕީރައިޓް ގާނުނަށް ރިއާޔަތްކޮށްފައެވެ. މީގެ އިތުރުން އެހެން ގައުމުތަކުގެ ލަވަތައް ހަދާފައި ހުންނަ ރާގުތަކަށް ލަވަހަދަން ދީ ލަވަ ހެދުންވެސް އެއީ ޞަބާހް ތަރުހީބުދޭ ގޮތެއް ނޫންކަންވެސް މުނިއަވަސްއަށް ޞަބާ ދިން ބަސްދީގަތުމުގައި ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކޮޕީރައިޓްގެ ގާނޫނުގެ ދަށުން، ކޮންމެ ފަންނީ އުފެއްދުމަކީ އެ އުފެއްދި ފަރާތެއްގެ ފިކުރީ މުދަލެކެވެ. އެފަދަ އުފެއްދުމަކަށް އޭގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް ބަދަލެއް ގެނައުމަކީ ނުވަތަ ސިޔާސީ އަދި ވިޔަފާރީގެ މަގުސަދެއްގައި ބޭނުންކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގާނޫނީ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ޖޫރިމަނާގެ އަދަދު އުޅެނީ އެއް ލައްކަ ރުފިޔާއާއި އެއް މިލިޔަން ރުފިޔާއާއި ދެމެދުގައެވެ. އަދި އޭގެ އިތުރުން، އެ އުފެއްދުމެއްގެ އަސްލު މިލްކުވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ކޯޓުން އަމުރުކޮށްފާނެއެވެ.

ރައްޔިތުން ތަމްސީލުކުރާނެ މަތީ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މުޖުތަމައަށް ނަމޫނާ ބަޔަކަށް ވާންޖެހެއެވެ. ގައުމުގެ ގާނޫނުތައް ހެދުމަށާއި، ހަމަޖެހުން ގާއިމުކުރުމަށާ، ރަށާ އަތޮޅާއި ޖަމާތުގެ ތަރައްގީއަށް ނުކުންނަ ބަޔަކު، އަނެކުންގެ ފިކުރީ މުދަލަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. މިއީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ. މިއީ އަޚްލާގީ ގޮތުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ފައިދާއަށްޓަކައި އެހެން މީހެއްގެ ބުރަ މަސައްކަތާއި އުފެއްދުންތެރިކަން “ވަގަށް” ނެގުމަކީ އެ ކެންޑިޑޭޓެއްގެ އިތުބާރާއި ގަދަރު ރައްޔިތުންގެ ކުރިމަތީގައި ކުޑަވާނެ ކަމެކެވެ.

އެހެންކަމުން، ކެމްޕޭންތަކުގައި އަމިއްލަ އުފެއްދުންތެރިކަން އިސްކުރުމަކީ މުހިންމު ކަމެކެވެ. ފަންނާނުންގެ ހައްގުތަކަށް އިހުތިރާމްކޮށް، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަކީ ކޮންމެ ކެންޑިޑޭޓެއްގެ ވެސް ޒިންމާއެކެވެ. ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަކީ ކެމްޕޭންގެ އެންމެ ފުރަތަމަ ސިފައަށް ހަދަންޖެހެއެވެ.

@muniavas Campaign thakugai Fikuree mUdhalah Rakkaatherivun ކެމްޕޭންތަކުގައި ފިކުރީ މުދަލަށް އިޙްތިރާމްކުރުން : އެހެން މީހުންގެ ލަވަތައް ބޭނުންކުރުމުގެ ނުރައްކާ! @sabatiny5 ♬ original sound MUNIAVAS

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top