ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖިބިއްލީ ނިއުޖެނެރޭޝަން ކަޕްގައި މި އަހަރު ވެސް ހަތަރު ޓީމު

އދ. މަހިބަދޫ ފުޓްބޯޅައިގެ ރަސްގެފާނު، ޖިބިއްލީ ސްޕޯރޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ނިއުޖެނެރޭޝަން ކަޕް ހަތަރުވަނަ މުބާރާތް މިއަދު ހަވީރު ފެށުމަށްވަނީ ހަމަޖެހިފައެވެ.

މަހިބަދޫއަށް ނިސްބަތްވާ 23 އަހަރުން ދަށުގެ ޒުވާނުންނާއި ސްކޫލްކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތަކީ، ރަށާއި ޤައުމަށް ބޭނުންތެރި ކުޅިވަރުގެ އަހުލާގުހުރި މޮޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތުގައި މިއަހަރު ވެސް ހަތަރު ޓީމެއް ވަނީ ބައިވެރި ވެފައެވެ.

ޤައުމީޓީމުގެ ކުރީގެ ފޯވާރޑް އަސަދުﷲ އަބްދުﷲ އާއި މިހާރުގެ ކެޕްޓަން ސަމޫހް އަލީ ފަދަ އެތައް ކުޅުންތެރިންނެއް ނިސްބަތްވާ ޖިބިއްލީ ސްޕޯރޓްސްއިން ކުރިޔަށް ގެންދާ މި މުބާރާތަކީ މަހިބަދޫގެ ކުރިމަގަށް ނުހަނު މުހިންމު އެހާމެ ބޭނުންތެރި މުބާރާތެއް ކަމުގައި މަހިބަދޫގެ ފުޓްބޯޅަ އާއިލާއިން ދެކެއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ރިއޭޑި ޖެނެއިރޯ އާއި ރިއޯ އެވެ. މިދެޓީމުގެ އިތުރުން މިމުބާރާތުގައި ދެން ވާދަ ކުރަނީ ރިއޯ ޖޫނިއާ އާއި އެންޓީ ޔުނައިޓެޑެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top