ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޤައުމީ މުބާރާތުގެ ފަސްވަނަ ޖާގަ އީގަލްސްއަށް
ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޤައުމީ ފުޓްބޯޅަމުބާރާތް މިހާރު ރޭވިފައިވާގޮތުން މުބާރާތުގެ ފުރަތަމަ ހަތަރުޖާގަ ލިބެނީ ދިވެހި ޕްރެމިއާރލީގުގެ ގަދަ ހަތަރު ޓީމަށެވެ. ފަސްވަނަ ޓީމާއި ހަވަނަ ޓީމު ކަނޑައަޅަނީ ލީގުގެ ފަސްވަނަ ޓީމާއި އައްވަނަ ޓީމު އަދި ހަ ވަނަ ޓީމާއި ހަތްވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެ މެޗަށް ފަހުއެވެ. އެ ދެމެޗްގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވާ ޓީމަކީ ޤައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފަސްވަނަ ޓީމެވެ. އަނެއް މެޗުން މޮޅުވާ ޓީމަކީ ހަވަނަ ޓީމެވެ.

މިއަދު ހަވީރު ކުޅެވުނު، ޕްލޭއޮފްގެ ފުރަތަމަ މެޗް އީގަލްސް ކާމިޔާބުކުރީ ގްރީން ސްޓްރީޓާއި ވާދަކޮށް 6-0 އިންނެވެ. މިމެޗްގައި އީގަލްސްއިން ޖެހި ފުރަތަމަ ލަނޑަކީ 16 ވަނަ މިނިޓްގައި ގްރީންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އީގަލްސްގެ ދެވަނަ ލަނޑު 31 ވަނަ މިނިޓްގައި އަދި ތިންވަނަ ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދިނީ އިބްރާހިމް މަހުދީއެވެ. 52 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައި އިބްރާހިމް މަހުދީ ހެޓްރިކު ހެދިއެވެ. 70 ވަނަމިނިޓްގައި 5 ވަނަ ލަނޑު ސަމްހާން ކާމިޔާބުކޮށްދިންއިރު 6 ވަނަ ލަނޑު 76 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އަލީ ހާފިޒްއެވެ. މެޗްގެ ފަހުކޮޅު ގްރީންއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ރިލްވާނު ވަހީދު ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފަ އައީ ކުޅުމުގެ ތެރެއަށެވެ.

ޕްލޭއޮފްގެ ދެވަނަ މެޗް އޮންނާނީ މިރެއެވެ. މި މެޗްގައި ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top