ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފޫލާދާއި ޓުރާން ފައިނަލަށް
ފޮޓޯ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

މާލެ ސިޓީގައި މިހާރު ކުރިޔަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީލީގުގެ ފައިނަލަށް އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އާއި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބު ދަތުރުކޮށްފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ފޫލާދު މުބާރަކާ ސެޕަހާން އާއި ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުންދާ ފޫލާދު މިމެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އެހެން މެޗްތަކުން ވެސް މޮޅުވިހާ ފަސޭހައިންނެވެ. ފުރަތަމަ ސެޓް 25-12 އިން ހޯދިއިރު، ދެވަނަ ސެޓް ހޯދީ 25-9 އިންނެވެ. ކުރިން ދެ ސެޓަށްވުރެ ތިންވަނަ ސެޓްގައި ހިރުދަރަމާނީ ކުޅުން ރަނގަޅުކުރި ނަމަވެސް ހޯދުނީ 16 ޕޮއިންޓެވެ.

ފޮޓޯ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

ސެމީފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބައްދަލުކުރީ ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބާއި ނޭޕާލްގެ ނޭޕާލް ޕޮލިސް ކުލަބެވެ.
ފަސޭހަކަމާއެކު ޓުރާން މޮޅުވި މިމެޗްގެ ސެޓްތައް އެޓީމު ހޯދީ 25-14، 25-13 އަދި 25-11 އިންނެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗް މިއަދު ހަވީރު އޮންނާނެއެވެ.
މިމުބާރާތުގެ ފައިނަލްމެޗް އޮންނާނީ މިރޭ 20:30 ގައެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފޫލާދާއި ޓުރާން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top