ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގްރީންގެ “ފަސާނާ މާޓް ކާ” ފަށަނީ

ޕާކިސްތާން ޑްރާމާ “ފަސާނާ މާޓް ކާ” ފަށަން ތައްޔާރުވެއްޖެއެވެ.

މި ރަމަޟާން މަހަށް ޚާއްސަކޮށްގެން ގްރީން އެންޓަޓެއިންމެންޓުން ތައްޔާރުކޮށް ގެނެސްދޭ މި ރޮމް-ކޮމްގެ އިސް ރޯލުތަކުން ފެނިގެންދާނީ ޝުޖާ އަސަދު، އައިނާ ޚާން އަދި ފަރިޔާލް މަހްމޫދެވެ.

ސުޕަމާކެޓެއްގައި މަސައްކަތްކުރާ ތިން މުވައްޒަފެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއް ހެއްވާ މަޖާ ގޮތަކަށް ގެނެސްދޭ “ފަސާނާ މާޓް ކާ” އަކީ މަންސޫރް ސައީދުގެ ސްކްރީންޕްލޭއަކަށް އަބޫ އަލީހާ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ. ޕްރޮޑިއުސްކުރީ ސްޓިމިއުލަސް ޕްރޮޑަކްޝަންސް ވާލްޑްވައިޑް އާއި މަލްޓިވާރސް އެންޓަޓެއިންމެންޓުން ގުޅިގެންނެވެ.

މިހިނގާ ފެބްރުއަރީ މަހުގެ 20 ގައި ޕާކިސްތާން ޗެނަލް ގްރީން އެންޓަޓެއިންމެންޓުން ދައްކަން ފަށާ “ފަސާނާ މާޓް ކާ”ގެ އެޕިސޯޑްތައް ދެއްކުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭ 9:00 ގައެވެ. އަދި ގްރީން އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  ހަމް ޓީވީއިން މިފަހަރު ގެނެސްދެނީ "ފިތުނާ"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top