ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމްތިޔާޒްގެ އާ ފިލްމު “މައިން ވާޕަސް އާއޫންގާ” ސިނަމާތަކަށް

ބޮލީވުޑްގެ މަޝްހޫރު ސްކްރީން ރައިޓާ އަދި ޑައިރެކްޓަރު އިމްތިޔާޒް ޢަލީގެ އާ ފިލްމު “މައިން ވާޕަސް އާއޫންގާ” ސިނަމާތަކަށް އަންނާނެ ތާރީޚު އިއުލާނުކޮށްފިއެވެ.

ދިލްޖީތު ދޯސާންޖް، ޝަރްވަރީ، ވެދާންގް ރައިނާ އަދި ނަސީރުއްދީން ޝާހް މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ 1947 ވަނަ އަހަރުގެ އިންޑިއާ އާއި ޕާކިސްތާނުގެ ބައިވުމުގެ މައްޗަށް އުފައްދާފައިވާ ދެ ޖީލެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މިއަދު ފިލްމުގެ ޓީޒަރ އާންމުކޮށްފައިވާއިރު ދިލްޖީތުގެ ކެރެކްޓާ ކިޔައިދެނީ އޭނާގެ ކާފަ (ނަސީރުއްދީން)ގެ 78 އަހަރުވީ ލޯބީގެ ވާހަކައެވެ. އަދި ބައިވުމުގެ ކުރިން ވޭދާންގް އާއި ޝަރްވަރީގެ ލޯބީގެ މަންޒަރުތަކެއް ފެނިގެންދެއެވެ. ފެންނަ ގޮތުގައި ވޭދާންގް ކުޅެނީ ނަސީރުއްދީންގެ ޒުވާން ދުވަސްވަރުގެ ރޯލެވެ.

އެޕްލޯސް އެންޓަޓެއިންމެންޓާއި ވިންޑޯ ސީޓް ފިލްމްސް ގުޅިގެން އުފައްދާފައިވާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަޙްމާންއެވެ. ލަވަތައް ލިޔެދީފައިވަނީ އިރުޝާދު ކާމިލްއެވެ.

“މައިން ވާޕަސް އާއޫންގާ” އަކީ 2024 ވަނަ އަހަރު އިމްތިޔާޒް ނެޓްފްލިކްސްގައި ގެނެސްދިން ފިލްމު “އަމަރް ސިންގް ޗަމްކީލާ” އަށްފަހު އިމްތިޔާޒް އާއި ދިލްޖީތު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ހަ އަހަރަށްފަހު ސިނަމާތަކަށް އިމްތިޔާޒްގެ ފިލްމެއް އަންނައިރު އެންމެ ފަހުން އޭނާ އެކަނި ޑައިރެކްޓްކުރި ފިލްމަކަށް ސިނަމާތަކަށް އައީ 2020 ވަނަ އަހަރުގެ “ލަވް އާޖް ކަލް” އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާވެސް ހިއްސާވާ އެންތޮލޮޖީ ފިލްމެއް ކަމަށްވާ “މައި މެލްބޯން” ވަނީ ސިނަމާތަކުގައި އަޅުވާފައެވެ.

“މައިން ވާޕަސް އާއޫންގާ” އިން އިމްތިޔާޒް، އޭ.އާރް ރަހްމާން އަދި ކާމިލްގެ ގްރޫޕު އެކީގައި މަސައްކަތް ކުރާއިރު އިމްތިޔާޒްގެ އަސަރުގަދަ ވާހަކަ ކިޔައިދިނުމާއި ކާމިލްގެ މާނަފުން ޅެންތަކާއި އޭ.އާރް ރަހްމާންގެ ހިތްގައިމު މިއުޒިކަކީ އަބަދުވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާ އެއްޗެކެވެ.

މި ތިން މީހުންގެ ކުރީގެ އުފެއްދުންތަކުން ފެނިގެންދިޔަ ފަދަ ޖާދުލެއް ފެނިގެންދާނެކަމަށް އުންމީދުކުރެވޭ “މައިން ވާޕަސް އާއޫންގާ” ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 12 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top