ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޭ ދިލް އާޒްމާ ނެހީ” މާދަމާ ރޭ

ޕާކިސްތާނު ޑްރާމާ “އޭ ދިލް އާޒްމާ ނެހީ” މާދަމާ ރޭ ދައްކަން ފަށާނެއެވެ.

މި ޑްރާމާގެ ލީޑް ތަރިންނަކީ މިރްޒާ ޒައިން ބައިގް އަދި ހީނާ ތާރިޤެވެ. މީގެ އިތުރުން އަހްސަން އަފްސަލް ޚާން، އައިޝާ އަފްރީދީ އަދި ސާހިބާ ރަމްބޯ ވެސް މި ޑްރާމާއިން ފެނިގެންދާނެއެވެ.

މި ޑްރާމާގެ ޓީޒާއިން ފެންނަ ގޮތުގައި މިއީ ލޯތްބަށް ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހޭ ވާހަކައެކެވެ. ޓީޒާގައި ބޭވަފާތެރިކަމާއި ހިތް ހަލާކުވުމާއި ޖަޒުބާތީ ވޭނުގެ މަންޒަރުތައް ފެނެއެވެ. ޑްރާމާގެ ކެރެކްޓާ އަސްފަންދިޔާރު ރޫޅިފައިވާ ގުޅުމެއްގެ ހިތި ނަތީޖާއާ ކުރިމަތިލާ މަންޒަރު ޓީޒާއިން ދައްކައިދެއެވެ.

މި ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ސާޤިބް ޒަފަރެވެ. ސްކްރީންޕްލޭ ލިޔެފައިވަނީ މައިމޫނާ އަޒީޒް އަދި އެމްޕީ ކޮންޓެންޓެވެ. ޕްރޮޑިއުސްކޮށްފައިވަނީ މޫމަލް ޕްރޮޑަކްޝަން އަދި އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.

މާދަމާ ރޭ (29 މާރިޗު) ގައި ހަމް ޓީވީއިން ދައްކަން ފަށާ “އޭ ދިލް އާޒްމާ ނެހީ” ގެ އެޕިސޯޑްތައް ދައްކާނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެ ރޭ 9:00 ގައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top