ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި އެމްއައިބީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފި!
ފޮޓޯ: އޮފީސް ލީގު އެފްބީ ޕޭޖް

ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސް ލީގު 2026 ފުޓްސަލް މުބާރާތުގެ ފަސްވަނަ ރޭ ގެ ކުޅުން ނިމުނުއިރު، ގުރޫޕް އޭ އިން ސްޓެލްކޯ އަދި ގުރޫޕް ބީ އިން އެމްއައިބީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ މެޗްތަކެއް ފެނުނު، ފަސްވަނަ ރޭ ކުޅެވުނީ މުބާރާތުގެ 17، 18، 19 އަދި 20 ވަނަ މެޗެވެ.

ރޭ ކުޅެވުނު މެޗްތަކާއި ނަތީޖާތައް:

މެޗު 17 – ގުރޫޕް އޭ
ސްޓެލްކޯ 14 – 2 ކުލަބް ޙައްޖު
ކުޅުނު ހުރިހާ މެޗެއްގައި ވެސް ތަފާތު ދައްކަމުން އަންނަ ސްޓެލްކޯއިން މި މެޗުގައި ވެސް ދެއްކީ ތަފާތު ކުޅުމެކެވެ. ކުޅުނު ތިން މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓެލްކޯ ކުއާޓާރ ފައިނަލަށް ދިޔައިރު، މި މެޗުން މޮޅުވެގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު މެޗަށް ނުކުތްއިރު ކުލަބް ޙައްޖަށް ވެސް އޮތެވެ.
ލަނޑު ޖެހި ކުޅުންތެރިން:
މުޙައްމަދު ސިރުހާން (ސްޓެލްކޯ) 4 ލަނޑު
ސުވެއިދު ސައީދު (ސްޓެލްކޯ) 2 ލަނޑު
ހާރޫން އިބްރާހީމް (ސްޓެލްކޯ) 1 ލަނޑު
އާދަމް އިލްޔަސައު (ސްޓެލްކޯ) 1 ލަނޑު
މުއާޒް އަލީ (ސްޓެލްކޯ) 4 ލަނޑު
އިބްރާހީމް ރިމާހް (ސްޓެލްކޯ) 2 ލަނޑު
އިބްރާހީމް އާތިފް (ކުލަބް ޙައްޖު) 2 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: މުޙައްމަދު ސިރުހާން (ސްޓެލްކޯ)

މެޗް 18 ގުރޫޕް އޭ
މިފްކޯ 8 – 3 ކުލަބް މާލެ ސިޓީ
މިއީ ގުރޫފް އޭގެ ފަހު މެޗެވެ. މި މެޗުން ހޯދި 3 ޕޮއިންޓާއިއެކު 6 ޕޮއިންޓް ހަމަކޮށް ގުރޫޕް އޭ ގެ ދެވަނަ މިފްކޯ ހޯދުމުން މި ގުރޫޕުން ޕްލޭއޮފަށް ދާނީ މިފްކޯ އާއި ގުރޫޕްގެ 3 ވަނަ ހޯދި ކުލަބް ޙައްޖުއެވެ.
ލަނޑުޖެހި ކުޅުންތެރިން:
އަފްރާދު ހަސަން (މިފްކޯ) 1 ލަނޑު
ހަސަން ޒާހިދު (މިފްކޯ) 1 ލަނޑު
އިބްރާހީމް އަޔާން (މިފްކޯ) 1 ލަނޑު
މުޙައްމަދު ރިފްޝާން (މިފްކޯ) 2 ލަނޑު
މުޙައްމަދު ހާއިސް (މިފްކޯ) 3 ލަނޑު
އެމްޑީ ނާޒިމް (ކުލަބް މާލެސިޓީ) 3 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: މުޙައްމަދު ރިފްޝާން (މިފްކޯ)

މެޗް 19 ގުރޫޕް ބީ
ބިޒްނަސް ސެންޓާރ 1 – 6 އެމްއައިބީ
މި މެޗުން ހޯދި 3 ޕޮއިންޓާއިއެކު 7 ޕޮއިންޓް ހަމަކޮށް މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްއައިބީ ވަނީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން ބިޒްނަސް ސެންޓާރ ވަނީ ޕްލޭއޮފަށް ދަތުރު ކޮށްފައެވެ.
ލަނޑުޖެހި ކުޅުންތެރިން:
އަލީ އަޖްމަލް (އެމްއައިބީ) 4 ލަނޑު
އަބްދުﷲ ޔަމީން (އެމްއައިބީ) 1 ލަނޑު
މުޙައްމަދު ނާއިސް (އެމްއައިބީ) 1 ލަނޑު
މުޙައްމަދު ނިހާލް (ބިޒްނަސް ސެންޓާރ) 1 ލަނޑު
މެޗުގެ މޮޅު ކުޅުންތެރިޔާ: އަލީ އަޖްމަލް (އެމްއައިބީ)

މެޗް 20 ގުރޫޕް ބީ
އެމްޓީސީސީ 6 – 1 ސިޓީސް މިނިސްޓްރީ
މިއީ ގުރޫޕް ބީ ގެ ފަހު މެޗެވެ. މި މެޗުން މޮޅުވެ އެމްޓީސީސީ ގުރޫޕްގެ ތިންވަނަ ހޯދުމުން، މި ގުރޫޕުން ދެވަނަ ހޯދި ބިޒްނަސް ސެންޓާރ އާއެކު ޕުލޭއޮފަށް ދާނީ އެމްޓީސީސީ އެވެ. މެޗަށް ނުކުތްއިރު، މެޗުން މޮޅުވެގެން ޕްލޭއޮފަށް ދިއުމުގެ ފުރުސަތު ސިޓީސް މިނިސްޓްރީއަށް ވެސް އޮތެވެ.
ލަނޑުޖެހި ކުޅުންތެރިން:
އިސްމާއިލް ރަޔާން (އެމްޓީސީސީ) 2 ލަނޑު
އައްޒާމް އަލިދީދީ (އެމްޓީސީސީ) 1 ލަނޑު
ހުސެއިންޝަރީފް (އެމްޓީސީސީ) 2 ލަނޑު
އަލީ އާއިދު (އެމްޓީސީސީ) 1 ލަނޑު
އަބްދުﷲ އަލީ (ސިޓީސް މިނިސްޓްރީ) 1 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: ހުސެއިން ޝަރީފް (އެމްޓީސީސީ)

މި މުބާރާތުގެ 4 މެޗް މިރޭ ވެސް އޮންނާނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް ސީ އަދި ގުރޫޕް ޑީ ގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތަކެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކަކީ:
1 – ކަސްޓަމްސް – ރައީސް އޮފީސް
2 – އެސްޓީއޯ – ސްމާޓް އޯން
3 – ޕޮލިސް ކުލަބް – ކުލަބް އާސަންދަ
4 – މެޑްޓެކް – ފަހި ރެކްރިއޭޝަން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top