ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސްލީގު 2026 ފުޓްސަލް މުބާރާތުގެ ހަ ވަނަ ރޭ ގެ ކުޅުން ނިމުނުއިރު، ގުރޫޕް ސީ އިން އެސްޓީއޯ އަދި ގުރޫޕް ޑީ އިން ޕޮލިސް ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ މެޗްތަކެއް ފެނުނު، ހަ ވަނަ ރޭ ކުޅެވުނީ މުބާރާތުގެ 21، 22، 23 އަދި 24 ވަނަ މެޗެވެ.
ރޭ ކުޅެވުނު މެޗްތަކާއި ނަތީޖާތައް:
މެޗު 21 ގުރޫޕް ސީ
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން މޮޅުވެ ހޯދި 3 ޕޮއިންޓާއިއެކު 6 ޕޮއިންޓް ހަމަކޮށް ވަގުތީ ގޮތުން ގުރޫޕްގެ އެއްވަނައަށް ކަސްޓަމްސްއިން ޖެހެލިއެވެ. މިގުރޫޕްގެ އެއްވަނަ ޔަގީންވާނީ ގުރޫޕްގެ ފަހުމެޗު ނިމުމުންނެވެ.
ކަސްޓަމްސް 3 – 2 ރައީސް އޮފީސް
ލަނޑު ޖެހި ކުޅުންތެރިން:
އިބްރާހީމް ހޫދު (ކަސްޓަމްސް) 1 ލަނޑު
އަލީ ސަމީރު (ކަސްޓަމްސް) 2 ލަނޑު
އަހްމަދުﷲ މުހައްމަދު (ރައީސް އޮފީސް) 2 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: އަލީ ސަމީރު (ކަސްޓަމްސް)
އެސްޓީއޯ 4 – 1 ސްމާޓް އޯން
ފަސޭހަކަމާއިއެކު ސްމާޓް އޯން ބަލިކޮށް ހޯދި ތިންޕޮއިންޓާއިއެކު 9 ޕޮއިންޓް ހަމަކޮށް އެސްޓީއޯ ވަނީ މިގުރޫޕުން ކުއާޓާރ ފައިނަލްގެ ޖާގަ ހޯދާފައެވެ. މިމެޗާއިއެކު މިގުރޫޕްގެ ހުރިހާ މެޗު ނިމުނުއިރު މިގުރޫޕުން ޕްލޭއޮފްގެ ޖާގަ ލިބުނީ ދެވަނަ ހޯދި ކަސްޓަމްސް އާއި ތިންވަނަ ހޯދި ރައީސް އޮފީހަށެވެ.
ލަނޑު ޖެހި ކުޅުންތެރިން:
ސާން އަހްމަދު (އެސްޓީއޯ) 1 ލަނޑު
ހަސަން އަދުހަމް (އެސްޓީއޯ) 1 ލަނޑު
އަލީ ނައުޝާދު (އެސްޓީއޯ) 1 ލަނޑު
މުހައްމަދު އަހްމަދު (އެސްޓީއޯ) 1 ލަނޑު
އަހްމަދު އަލީ (ސްމާޓް އޯން) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: އަލީ ނައުޝާދު (އެސްޓީއޯ)
ޕޮލިސް ކުލަބް 1 – 2 ކުލަބް އާސަންދަ
މިއީ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ގުރޫޕެވެ. ފަހުމެޗްގައި ކުލަބް އާސަންދަ ކައިރިން ޕޮލިސް ކުލަބް ވީ ބައްޔާއިއެކު ކުލަބް އާސަންދަ އާއި ޕޮލިސް ކުލަބް ޕޮއިންޓްގެ ގޮތުން އެއްވަރުވީއެވެ. މިމެޗާއި ހަމައަށް ޕޮލިސް ކުލަބަށް ގުރޫޕްގެ 1 ވަނަ ލިބެނީ ކުލަބް އާސަންދަ އަށްވުރެ ފައިދާ އެއްގޯލު އިތުރުވުމުންނެވެ. މިގުރޫޕްގެ ފަހުމެޗުގައި ބައްދަލުކުރާ މެޑްޓެކްއަށް ވެސް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އަހްމަދު އަބްދުﷲ (ކުލަބް އާސަންދަ) 1 ލަނޑު
އަހްމަދު އަބްދުﷲ (ކުލަބް އާސަންދަ) 1 ލަނޑު
އިސްމާއިލް ރަމީޒު (ކުލަބް އާސަންދަ) 1 ލަނޑު
އަހްމަދު ސާއިމް (ޕޮލިސް ކުލަބް) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: ދާވޫދު މުބާޝިރު (ކުލަބް އާސަންދަ)
މެޑްޓެކް 4 – 1 ފަހި ރެކްރިއޭޝަން
ބޮޑު ތަފާތަކުން ފަހި ރެކްރިއޭޝަން ކައިރިން މޮޅުވެ ހަ ޕޮއިންޓް ހަމަކުރި ނަމަވެސް، ފައިދާ ގޯލް މަދުވުމުގެ ސަބަބުން މެޑްޓެކަށް ލިބުނީ ގުރޫޕްގެ ތިންވަނައެވެ. މިގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރި ޕޮލިހަށް ފައިދާ 4 ގޯލް އިންއިރު ދެވަނަ ހޯދި ކުލަބް އާސަންދައިގެ ފައިދާ ގޯލަކީ 3 އެވެ. އަދި މެޑްޓެކްގެ ފައިދާ ގޯލަކީ 2 އެވެ. މިމެޗާއިއެކު ގުރޫޕް ސްޓޭޖް މެޗްތައް ނިމުނީއެވެ.
ލަނޑު ޖެހި ކުޅުންތެރިން:
މުހައްމަދު މިންވާލް (މެޑްޓެކް) 2 ލަނޑު
އަހްމަދު ސުޖާއު (މެޑްޓެކް) 1 ލަނޑު
މޫސާ އާމިރު (މެޑްޓެކް) 1 ލަނޑު
މުހައްމަދު ލަޔާން (ފަހި ރެކްރިއޭޝަން) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: މުހައްމަދު މިންވާލް (މެޑްޓެކް)
މިމުބާރާތުގެ ފޯރިގަދަ ޕްލޭއޮފް މެޗްތައް އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އެވެ. މިމެޗްތަކަށް ބަލައިލާއިރު:
1 – މިފްކޯ – ކުލަބް ހައްޖު
2 – ބިޒްނަސް ސެންޓާރ – އެމްޓީސީސީ
3 – ކަސްޓަމްސް – ރައީސް އޮފީސް
4 – ކުލަބް އާސަންދަ – މެޑްޓެކް
