ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޚަބަރެއްގެ ސުރުޚީއެއް “ސުވާލު މާކު” އަކުން ނިންމާފައި އޮތުމުން އޭގެ މާނައަކީ ކޮބާ؟

ދާދި ފަހުން މުނިއަވަސް ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯ އަކާއި މުނިއަވަސް އޮންލައިންގައި ޝާއިޢުކުރި ޚަބަރަކަށް މިވަނީ ވަރަށް ގިނަބައެއްގެ ސަމާލުކަމާއި ފާޑުކިޔުންވެސް އަމާޒުވެފައެވެ. އެ ފާޑުކިޔުންތައް އަޅުގަނޑުމެން ބަލައިގަންނަނީ ވަރަށްވެސް ފައްސިކޮށެވެ. ނަމަވެސް މިގޮތަށް، ސުވާލު މާކުން ނިންމާ ޚަބަރުގެ ސުރުޚީތަކުގެ މާނަ ބައެއް ފަރާތްތަކަށް އޮޅުންއަރާހެން ހީވާތީ އެ މަޢުޟޫއަށް އަލިއަޅުވާލައި މަޢުލޫމާތުކޮޅެއް ހިއްސާކޮށްލާނެމެވެ.

@muniavas Shiraanee Waiter akah? – Raa Meedhoo Restaurant ehgai masakkaiykuraa Lanka kujjeh @aishathshirani aa vaththaruvegen @chuweetyaashaa negi video adhi Shirani ge kureege bayeh manazarutha #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #fvpシ💕for #maldivestiktok ♬ Breaking News – Dih

“ޚަބަރުތަކުގެ ސުރުޚީގައި ސުވާލު މާކު ބޭނުންކުރުމަކީ، އެ ޚަބަރަކާ ގުޅޭގޮތުން ކަށަވަރު ހެކިތަކެއް ނުވަތަ ވަރުގަދަ ސާބިތު ހެކިތަކެއް ނެތްކަން އަންގައިދޭ އިޝާރާތެކެވެ. ގިނަ ފަހަރަށް މިފަދަ ގޮތްގޮތަށް ސުރުޚީތައް ބައްޓަންކުރަނީ ކިޔުންތެރިންގެ މެދުގައި ބަހުސެއް ނުވަތަ ޝައުގުވެރިކަމެއް އުފައްދައި، އެ ލިޔުމެއް ކިޔުމަށް މީހުން ދަމައިގަތުމަށެވެ. ނަމަވެސް، ލިޔުމުގެ ނިމުން އާންމުކޮށް ފެންނަނީ ކިޔުންތެރިން އުންމީދުކުރާ ފަދަ ވަރުގަދަ ނަތީޖާއެއް ނުލިބި، ފޫހި ގޮތަކަށެވެ.

މިއީ މީޑިއާގެ ދާއިރާގައި މީހުންގެ ސަމާލުކަން ހޯދުމަށް ގެންގުޅޭ ޚާއްޞަ އުކުޅެކެވެ. ސަބަބަކީ ޚަބަރުތަކަށް ލިބޭ “ކްލިކް”، “ވިއުސް” އަދި “ޝެއަރ” އިތުރުކުރުމަށް ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ޚަބަރެއްގެ ސުރުޚީ ކަމަށްވާތީއެވެ.” ބެޓްރިޖްގެ ސުރުޚީގެ ގާނޫނު (ބެޓްރިޖްސް ލޯ އޮފް ހެޑްލައިންސް) ގައި ބުނެފައިވެއެވެ.

ބެޓަރިޖްގެ ސުރުޚީގެ ގާނޫނުގައިވާ އުސޫލަކީ ނޫސްވެރިކަމުގައި ވަރަށް ގިނައިން ބޭނުންކުރާ އުސޫލެކެވެ. މިއަށް ‘އުކުޅެކޭ’ ވެސް ކިޔިދާނެއެވެ. މުނިއަވަސް ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯގެ ސުރުޚީއަށް ބަލައިލަމާ ހިނގާށެވެ.

“ރ. މީދޫ ރެސްޓޯރެންޓެއްގެ ވޭޓަރަކަށް ޝިރާނީ؟” – މިހެން ބުނެފައި އޮތުމުން މި ސުވާލު ޖުމްލައިން އެއްވެސް ނިންމުމެއް ނިންމިފައެއް ނުވެއެވެ. މިއީ ކުރެވިފައިވާ ސުވާލެކެވެ. ވީޑިއޯ އެއްކޮށް ބަލައިލުމުން ސުވާލުގެ ޖަވާބުވެސް ވަަރަށް ރަނގަޅަށް ސާފުވާނެއެވެ. ވީޑިއޯގައި ޝިރާނީގެ އަސްލު ވީޑިއޯއާއި ރ. މީދޫ ރެސްޓޯރެންޓެއްގެ ވޭޓަރަކަށް އުޅޭ އަންހެން ކުއްޖާ ވަކީން ހިމަނާފައިވާނީ ލޭބަލްވެސް ކޮށްފައެވެ. މީގެ އިތުރުން ދެމީހުންގެ ފޮޓޯއެއް އެއް ފްރޭމެއްގައި ލޭބަލްކޮށްފައިވެސް ހިމަނާފައިވާނެ އެވެ.

ޝިރާނީ އާއި ވައްތަރު ލަންކާ އަންހެންކުއްޖާ އަދި ޝިރާނީ ފެންނަ މަންޒަރެއް

ދެން އޮތީ މުނިއަވަސް އޮންލައިންގައި ޝާއިޢުކުރި ޚަބަރުގެ ވާހަކައެވެ. އެ ޚަބަރުގައި މި ވީޑިއޯ އާއްމުކުރި ގޮތާއި، މިކަމާމެދު ޝިރާނީ ބުނެފައިވާ ވާހަކަތަކާއި، ލަންކާ ކުއްޖާގެ ވީޑިއޯ ނެގި އާޝާ ދެއްކި ވާހަކަތައް ޝިރާނީއާ ހަވާލާދީ ގެނެސްދީފައިވާނެއެވެ.

ރ. މީދޫ ރެސްޓޯރެންޓެއްގެ ވޭޓަރަކަށް ޝިރާނީ!؟

ޝިރާނީ އަކީ ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު އެކްޓްރެސްއެއްގެ އިތުރުން މިވަގުތު މުނިއަވަސް އޮންލައިންގެ ޝަރަފުވެރި މެންބަރެކެވެ. އަޅުގަނޑުމެންނާއެކު ޝިރާނީ މަސައްކަތްކުރަމުން އަންނަތާ މިހާރު 06 އަހަރު ފުރެން ކައިރިވެއްޖެއެވެ. މި ވީޑިއޯގެ ޚަބަރާއި ވީޑިއޯ އާއްމުކޮށްފައިވާނީ ސީދާ ޝިރާނީގެ އެއްބާރުލުމާ، ބައިވެރިވުމާވެސް އެކުގައެވެ.

ބެޓަރިޖްގެ ސުރުޚީގެ ގާނޫނަކީ ކޮބާ؟

“ބެޓަރިޖްގެ ސުރުޚީގެ ގާނޫނު” އަކީ ނޫސްވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ މަޝްހޫރު އުސޫލެކެވެ. މި އުސޫލުގައި ބަޔާންކުރަނީ، ސުވާލު މާކަކުން ނިމޭ ކޮންމެ ސުރުޚީއަކަށް “ނޫން” މި ބަހުން ޖަވާބު ދެވިދާނެ ކަމަށެވެ.

މި އުސޫލުގެ މައިގަނޑު ފަލްސަފާއަކީ، ނޫސްވެރިއަކަށް ވަކި ކަމެއްގެ ހަގީގަތް ސާބިތުކޮށްދޭން ނޭނގޭ ހާލަތްތަކުގައި ނުވަތަ ކަމެއްގެ ހަގީގީ ހެކި ނެތް ނަމަވެސް ނުވަތަ ހެކި ހުރި ނަމަވެސް، ކިޔުންތެރިންގެ ސަމާލުކަން ހޯދުމަށްޓަކައި (ކްލިކްބެއިޓްގެ ގޮތުގައި) އެކަމެއް ސުވާލެއްގެ ސިފައިގައި ސުރުޚީގައި ހިމެނުމެވެ. މިސާލަކަށް، “މިއީ ދުނިޔޭގެ ނިމުން ހެއްޔެވެ؟” ފަދަ ސުރުޚީތަކުގެ ހަގީގީ ޖަވާބަކީ އާންމުގޮތެއްގައި “ނޫން” އެވެ.

މި އުސޫލު ނިސްބަތްވަނީ އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ ނޫސްވެރިއެއް ކަމަށްވާ އިއަން ބެޓްރިޖަށެވެ. މީގެ މައިގަނޑު ބޭނުމަކީ ނޫސްތަކުން ކިޔުންތެރިންގެ ޝައުގުވެރިކަން ދަމައިގަތުމަށްޓަކައި ބޭނުންކުރާ ހަގީގަތާ ޚިލާފު ނުވަތަ ސާބިތު ނުހިފޭ ސުރުޚީތަކާމެދު ކިޔުންތެރިން ހޭލުންތެރިކުރުވުމެވެ.

ގޮތް ނިންމާނީ ކިޔުންތެރިންނެވެ. ނަމަވެސް ގޮތް ނިންމަން ވާނީ ކަމުގެ ދެކޮޅު ބަލާފައެވެ!

ގޮތް ނިންމާނީ ކިޔުންތެރިންނެވެ. ނަމަވެސް ކަންކަމުގައި ގޮތް ނިންމަންވާނީ ކަމުގެ ދެކޮޅު ބަލާފައެވެ. ވީޑިއޯއެއް ފެންނައިރަށް އޭގެ ތަންކޮޅެއް ބަލާފައި ގޮތް ނިންމުމުން އޮންނާނީ ‘ގަޅިއެއް ޖެހިފަ’ އެވެ. ޚަބަރެއްގެ ސުރުޚީއެއް އެކަނި ކިޔާލައިގެން އެ ޚަބަރުގައި ބުނެފައިވާ އެއްޗެއް ރަނގަޅަށް ‘ގެޓެއް ނުވާނެ’ އެވެ.

މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް ނޫންތޯ އެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top