ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ހެޑްވިގާ ގޮލިކްގެ ހަށިގަނޑު ފެނުނީ އޭނާ މަރުވިތާ 42 އަހަރު ފަހުން

ދަންނަ މީހުން އޭނާގެ ޚަބަރެއް ވޭތޯ ބެލުން ހުއްޓާލިއެވެ. އަވަށްޓެރިން ހީކުރީ އޭނާ ގައުމުން ބޭރަށް ދިޔައީ ކަމަށެވެ.

އެ ދުވަސްވަރުގެ ތެރޭގައި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައެވެ. ސަރުކާރުތައް ބަދަލުވެ، އިންޓަނެޓްގެ ވަސީލަތްތައް އުފެދި، މުޅި ޖުމްލަ ސާޅީސް އަހަރު ފާއިތުވެގެން ދިޔައެވެ. ނަމަވެސް، ޒަގްރެބްގައި ހުރި އެ ބަންދުކޮށްފައިވާ ދޮރުގެ ފަހަތުގައި، ވަގުތު ވަނީ 1966 ވަނަ އަހަރުގައި ހުއްޓިފައެވެ.

2008 ވަނަ އަހަރު، މަރާމާތުކުރާ މީހުން ބާރުގެ ބޭނުންކޮށްގެން އެގެއަށް ވަނެވެ. އެމީހުންނަށް އޭނާ ފެނުނީ އަދަރާދަ ގޮނޑިއެއްގައި އިންދައެވެ. މޭޒުމަތީގައި އޭރު ބަހައްޓާފައި ހުރި ސައިތަށިވެސް ހުއްޓެވެ. 42 އަހަރު ފާއިތުވެގެން ދިޔައިރުވެސް، އެތަނުގެ ހުރިހާ ކަމެއް ހުރީ އެއްވެސް ބަދަލެއް ނައިސް އޭރު ހުރި ގޮތަށެވެ.

ހެޑްވިގާ ގޯލިކް (1924-1966) އަކީ އޭނާ ދިރިއުޅުނު އެޕާޓްމަންޓުގައި އެކަނިމާ އެކަނި އުޅެނިކޮށް، ގުދުރަތީ ސަބަބަކާ ހުރެ ނިޔާވި ކްރޮއޭޝިއާގެ އަންހެނެކެވެ. އޭނާ ނިޔާވިކަން އެއްވެސް ފަރާތަކަށް ނޭނގި 42 އަހަރުގެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ 2008 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

1966 ވަނަ އަހަރު ޒަގްރެބްގައި ހެޑްވިގާ ގޮލިކް މަރުވި ނަމަވެސް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭގެ 42 އަހަރު ފަހުން 2008 ވަނަ އަހަރުގައެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު، މޭޒުމަތީގައި ސައިތަށްޓެއް ބަހައްޓާފައި ހުރި ގޮތަށް ހުރިއިރު، ގޭގެ ރޭޑިއޯ ވެސް ހުރީ ހުޅުވާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top