ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
5 ސިކުންތުގެ އުސޫލަކީ ހަޤީޤަތެއް ނޫން!
ފޮޓޯ: މރ. ހެލްތީ - އެފްބީ

ރަޓްގާރސް ޔުނިވަރސިޓީގެ ފުޑް ސައިންޓިސްޓެއް ކަމަށްވާ ޑޮނަލްޑް ޝާފްނާ އިސްކޮށް ހުންނަވައި ކުރިއަށް ގެންދިޔަ ދިރާސާއަކުން، ގިނަ ދުވަސްތަކެއް ވަންދެން މީހުން ޤަބޫލުކުރަމުން އައި “ފަސް ސިކުންތުގެ އުސޫލު” އަކީ ސައިންޓިފިކް ގޮތުން ބުރަދަނެއް ނެތް ވާހަކައެއްކަން ވަނީ ހާމަވެފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ކާނާ ބިމުގައި ޖެހުމާއެކު ވަގުތުން ބެކްޓީރިއާ އޭގެ ތެރެއަށް ފެތުރެން ފަށައެވެ.

“އެޕްލައިޑް އެންޑް އެންވަޔަރަންމަންޓަލް މައިކްރޯބަޔޮލޮޖީ” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، ތަފާތު ހަތަރު ބާވަތެއްގެ ތަންތަން (ސްޓެއިންލެސް ސްޓީލް، ސެރަމިކް ޓައިލްސް، ލަކުޑި އަދި ކާޕެޓް) ބޭނުންކޮށްފައިވެއެވެ. އަދި ބެކްޓީރިއާ ފެތުރޭ މިންވަރު ދެނެގަތުމަށްޓަކައި  ޕާން، ބަޓަރު އުނގުޅާފައިވާ ޕާން އަދި ޖެލީ މުޓާ ފަދަ ތަކެތި ބޭނުންކޮށްގެން 2,560 އަށް ވުރެ ގިނަ ތަހުލީލުތައް ވަނީ ހަދާފައެވެ.

މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، އެއް ސިކުންތަށްވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބެކްޓީރިއާ ކާނާއަށް ފެތުރިގެންދެއެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކާނާގައި ހުންނަ ތެތްކަމެވެ. ތެތް އެއްޗަކަށް ވާނަމަ، އެންމެ ގިނައިން ބެކްޓީރިއާ އަށަގަންނަނީ އޭގައެވެ. މީގެ އިތުރުން، ޓައިލްސް އާއި ދަގަނޑު ފަދަ ހަރު ތަންތަނަށް ވުރެ ކާޕެޓުން ބެކްޓީރިއާ ފެތުރޭ މިންވަރު ލަސްކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާވެރިން ނިންމާފައިވަނީ، ކާނާ ބިމުގައި ޖެހޭ ކުރު ވަގުތުކޮޅަކީ ވެސް އެ ތަކެތި ތަޣައްޔަރުވުމަށް ފުދޭ މިންވަރެއް ކަމަށެވެ. އެހެންކަމުން، ކާނާގެ ރައްކާތެރިކަމާމެދު އަމަލުކުރާއިރު، އާންމުންގެ މެދުގައި ފެތުރިފައިވާ މިފަދަ ބޯދާ ޚިޔާލުތަކަށް ބަރޯސާނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top