ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބީއެމްއެލްއިން ކަސްޓަމްސް ލަދުގަންނަވާލިއިރު، ޓީޓީއެސް ވެސް ފެށީ މޮޅަކުން
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ތިންވަނަ މެޗުގައި ޔުނައިޓެޑް ބީއެމްއެލްއިން ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ލަދުގަންނަވާލިއިރު، ކުލަބް ޓީޓީއެސް ވެސް ފެށީ މޮޅަކުންނެވެ. މުބާރާތުގެ ހަތަރު މެޗު ރޭގައި ވަނީ ކުޅެފައެވެ.

ތިންވަނަ މެޗު

ތިންވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ބީއެމްއެލް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ފަސޭހަކަމާއިއެކު 8-0 އިން ބީއެމްއެލް ކާމިޔާބުކުރި މި މެޗުގައި ބީއެމްއެލްގެ ލަނޑުތައް ޖަހައިދިނީ ޢަލީ އުޒައިރު 1 ލަނޑު، އަރީން ޢަބްދުﷲ 1 ލަނޑު، އިބްރާހީމް ހަމްދާން 2 ލަނޑު، އަދި އިޝާން އިބްރާހިމް (ސައްޓު) 4 ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީއެމްއެލްގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ހަތަރުވަނަ މެޗު

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ޓީޓީއެސް އާއި ޕޮލިސް ކުލަބެވެ. ފަސޭހަކަމާއިއެކު މި މެޗު ޓީޓީއެސް ކާމިޔާބުކުރާނެ ކަމަށް ބެލުވުނު ނަމަވެސް، މެޗުގެ ފަހުކޮޅު ޕޮލިސް ކުލަބުން ވަނީ ތަފާތު ދައްކައިފައެވެ. ޓީޓީއެސްއިން 4 ލަނޑު ޖަހާފައި ވަނިކޮށް ފަހު ވަގުތު ދެ ލަނޑު ޖަހައި ޕޮލިސް ކުލަބުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި ޓީޓީއެސްގެ ލަނޑުތައް ޖަހައިދިނީ ޙުސައިން އަފްސަލް 1 ލަނޑު، އަޙްމަދު މާއިން 2 ލަނޑު، ސައްޖާދު އަޑެލިޕޯ 1 ލަނޑެވެ. ޕޮލިސް ކްލަބުގެ ދެ ލަނޑު ޖަހައިދިނީ އަޙްމަދު ލޫތުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ޓީޓީއެސްގެ ޙުސައިން އަފްސަލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޙުސައިން އަފްސަލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މިމުބާރާތުގެ ހަތަރު މެޗު މިރޭ ވެސް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

20:15 – ރޯޑްރެކްރިއޭޝަން ކުލަބް (އާރުއާރުސީ) އާއި ވެމްކޯ
20:15 – އެސްޓީއޯ ރެކްރިއޭޝަން އާއި އެމްޓީސީސީ
22:30 – ދިވެހި ސިފައިންގެ ކުލަބް އާއި ޓީމް އެފްއެސްއެމް
22:30 – ކުލަބް އިމިގްރޭޝަން އާއި ކުލަބް ފެން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top