ފުރަތަމަ 65,000 އެމެރިކާ ޑޮލަރުގެ ރިސްކް ނުވަތަ ހިރާސްއަކާއެކު ފެށި މި މަސައްކަތް، މިއަދު މިވަނީ އެތައް މިލިއަން ޑޮލަރެއްގެ ކާމިޔާބު ވިޔަފާރިއަކަށް ބަދަލުވެފައެވެ.
ހަތަރު ރަހުމަތްތެރިއަކު ގުޅިގެން، އަޅާނުލާ ދޫކޮށްލާފައި އޮތް ފަޅު ރަށެއް ގަނެ، ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން އެ ރަށް ވަނީ ހިތްގައިމު ގޮނޑުދޮށްތަކާއި، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ލިބޭނެ ފުރިހަމަ މަންޒިލަކަށް ބަދަލުކޮށްލާފައެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި، މިހާރު އެ ރަށުގެ އަގު ގާތްގަނޑަކަށް 14 މިލިއަން ޑޮލަރަށް އަރައެވެ.
މިއީ ރިއަލް އެސްޓޭޓް ދާއިރާގައި އިންޓަނެޓުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ކާމިޔާބީގެ ވާހަކައެވެ. މިއިން ސާބިތުކޮށްދެނީ، ކޮންމެ ފަދަ ނުރައްކަލަކަށް ބެލުމެއްނެތި ނެގޭ ހިތްވަރުގަދަ ނިންމުންތަކާއި، ދުރުވިސްނުމުގެ އެހީގައި، ފަޅުވެފައިވާ ތަނެއްވެސް ހިތްގައިމު މަންޒިލަކަށް ބަދަލުކޮށްލެވިދާނެ ކަމެވެ.
މިއީ އެމެރިކާގެ ފްލޮރިޑާގެ ޓާމްޕާ ބޭގައި އޮންނަ، އާންމުކޮށް “ބިއަރ ކޭން އައިލެންޑް” ގެ ނަމުން މަޝްހޫރުވެފައިވާ 9 އޭކަރުގެ އަމިއްލަ ރަށެއް ކަމަށްވާ “ޕައިން ކީ” އެވެ.
2017 ވަނަ އަހަރު އެކުވެރިންގެ ގްރޫޕަކުން 65,000 އެމެރިކާ ޑޮލަރަށް މި ރަށް ގަތުމަށްފަހު، މީހުން އުޅުމެއް ނެތް ފަޅު ފަސްގަނޑެއްގެ ގޮތުގައި އޮތް މި ރަށް ވަނީ “ޓީކީ ބާ” ތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ވަސީލަތްތަކާއެކު، ކަނޑު އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު، ހިތްފަސޭހަ މަންޒިލަކަށް ބަދަލުކޮށްފައެވެ.
2024 ވަނަ އަހަރުގެ ކުރީކޮޅު، 14.2 މިލިއަން ޑޮލަރަށް މި ރަށް ވިއްކާލުމަށް ބާޒާރަށް ނެރެފައިވާއިރު، މިހާރު ވަނީ އާންމުންނަށް އެ ރަށަށް އެރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.
