ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތިން މީހެއްގެ ޑީއެންއޭ ބޭނުންކޮށްގެން އައިވީއެފް ހަދައިފި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޔުނައިޓެޑް ކިންގްޑަމް “ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން މީހެއްގެ ޑީއެންއޭ ބޭނުންކޮށްގެން އައިވީއެފް ހެދުމުގެ އާ އުކުޅެއް ބޭނުންކޮށްގެން، އިނގިރޭސިވިލާތުގައި ސިއްޙަތު ސަލާމަތުން ހުރި 8 ކުދިން ވަނީ އުފަންވެފައެވެ. މިއީ ވާރުތަވާ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

“މައިޓޯކޮންޑްރިއަލް ރިޕްލޭސްމަންޓް ތެރަޕީ” ގެ ނަމުން ނަން ދެވިފައިވާ މި ފަރުވާގައި، މައިމީހާގެ ބިހުގައި ހުންނަ ބަލި ޖައްސާ މައިޓޯކޮންޑްރިއާގެ ބަދަލުގައި ބޭނުންކުރަނީ ހަދިޔާކުރާ މީހެއްގެ ދުޅަހެޔޮ މައިޓޯކޮންޑްރިއާއެވެ. ނަމަވެސް، ކުއްޖާގެ ޖެނެޓިކް މާއްދާތަކުގެ ބޮޑުބައެއް ނިސްބަތްވަނީ އެ ކުއްޖާގެ އަސްލު މައިންބަފައިންނަށެވެ. މިގޮތުން، ކުއްޖާގެ ޑީއެންއޭގެ ގާތްގަނޑަކަށް %99.9 އަކީ މައިންބަފައިންގެ ހިއްސާއެވެ. ހަދިޔާކުރި މީހާގެ ފަރާތުން ލިބެނީ އެންމެ %0.1 އެވެ.

“ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން” ގައި ޝާއިޢުކޮށްފައިވާ އަދި “ހިއުމަން ފާޓިލައިޒޭޝަން އެންޑް އެމްބްރިއޮލޮޖީ އޮތޯރިޓީ” ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ރިޕޯޓްތަކުން އެނގޭ ގޮތުގައި، މި އުކުޅު ބޭނުންކޮށްގެން އުފަންވި ގިނަ ކުދިންގެ ހަށިގަނޑުން ބަލިޖައްސާ ޖީންތައް %95 އާއި %100 އާ ދެމެދުގެ މިންވަރަކަށް ވަނީ މަދުކުރެވިފައެވެ. އަދި ބާކީ ތިބި ކުދިންގެ ހަށިގަނޑުގައިވެސް އެފަދަ ޖީންތައް ހުރީ ބަލިޖެހޭ މިންވަރަށްވުރެ ދަށުގައެވެ. މި ހުރިހާ ކުދިންގެ ސިއްޙަތުވެސް އަންނަނީ ރަނގަޅަށް ކުރިއަރަމުންނެވެ.

މި ކާމިޔާބީއާއެކުވެސް، އިންސާނާގެ ޖީންތަކަށް ބަދަލު ގެނައުމާ ގުޅޭ އަޚްލާޤީ މައްސަލަތަކާއި، ދިގު މުއްދަތުގައި ކުރިމަތިވެދާނެ ނުރައްކާތަކާމެދު އަދިވެސް ބަހުސްތައް ކުރެވެމުންދެއެވެ. އެހެންކަމުން، މި ފަރުވާ ދިނުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭއިރު، މިއީ ހަމައެކަނި ބަލިޖެހުމުގެ ނުރައްކާ ބޮޑު ހާލަތްތަކުގައި ވަކި ޚާއްސަ ޤައުމުތަކެއްގައި ހުއްދަދެވޭ ކަމެކެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top