ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވި” ފިލްމުގެ ޓްރެއިލާއަށް 28 ގަޑިއިރު ތެރޭ ދެ މިލިޔަނަށް ވުރެން ގިނަ ވިއުޒް! އޮންލައިން ބުކިން ކުރިއަށް!
އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާގެ މަންޒަރެއް / ދެވި ޓްރެއިލާ ސްކްރީންޝޮޓެއް

– ފިލްމު ރިލީޒްކުރަނީ 26 ސެޕްޓެމްބަރު 2026 ގައި

ދިވެހި ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް، މުހިންމު ރޯލަކުން ފެނިގެންދާ އާ ފިލްމު “ދެވި” ގެ ޓްރެއިލާ އާންމުކުރިތާ އެންމެ 28 ގަޑިއިރު ތެރޭގައި ދެ މިލިޔަނަށް ވުރެ ގިނަ ވިއުޒް ލިބި ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ހާމަކޮށްފިއެވެ.

މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދާ ބައެއް މަންޒަރުތަކަކީ މީގެ ކުރިން ދިވެހި އުފެއްދުމަކުން ފެނިފައި ނުވާ ފަދަ ތަފާތު، މޮޅު އަދި އެހާމެ ބިރުވެރި މަންޒަރުތަކެކެވެ. ބެލުންތެރިންގެ މެދުގައި މި ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މައިގަނޑު ސަބަބަކީވެސް ފެންވަރު ރަނގަޅު މިފަދަ މަންޒަރުތަކާއި ޝައުގުވެރި ވާހަކައިގެ ސަބަބުންނެވެ.

އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއި އެކު ލޯބީގެ މަންޒަރުތަކެއް ވެސް ފެނިގެންދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު، ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންގެ ހުނަރުވެރިކަން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. ވާހަކައިގެ ގޮތުން މި ފިލްމުގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ.

“ދެވި” ފިލްމުގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ގިނަ ތަރިންތަކެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) ހިމެނެއެވެ.

މިވެސް ކިޔާލަން:  ދޮން އައްޔަ ބައްޕައަކަށް - މަރުޙަބާ!

ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ ޙުސައިން ހާޒިމް (ސޭންޑީ) އެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

މިހާރު ވަނީ މި ފިލްމުގެ އޮންލައިން ބުކިންތަކަށް ރަސްމީކޮށް ހުޅުވާލާފައެވެ. ފިލްމުގެ ޓިކެޓް ބުކް ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ފިލްމުގެ ހޮޓްލައިން ނަންބަރު 7424544 އަށް ގުޅުމަށް ޕްރޮޑަކްޝަން ޓީމުން އެދެއެވެ. ޓްރެއިލާއަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، މި ފިލްމު ވެގެންދާނީ ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމަކަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top