ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނިވައިރޯޅި” ޓީމުން މިނިވަންދުވަހުގެ ހަދިޔާއެއް ވީޑިއޯ ލަވައަކުން!

ކެމެރާ ކުރިމަތިން ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުހައްމަދު ނިވައިވުމުގެ ކުރިން ކުޅޭ އެންމެ ފަހު ފިލްމު “ނިވައިރޯޅި” ޓީމުން މިނިވަންދުވަހުގެ ހަދިޔާއެއް، ވީޑިއޯ ލަވައަކުން ދައްކާލައިފި އެވެ.

 

މިއީ ނިވައިރޯޅި ޓީމުން އިސްނަގައިގެން ކޮކޯ ޕްރޮޑަކްޝަންސް އާއި ގުޅިގެން މިނިވަންދުވަހުގެ އުފަލުގައި ބެލުންތެރިންނަށް ދިން ހަދިޔާ އެކެވެ.

 

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ މޫނުތަކެއް ފެނިގެންދާ މި ލަވައިގެ ތީމް އަކީ މިނިވަން މި ދީބެވެ.

މި ހިތްގައިމު ރީތި ލަވައިގެ ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ އެވެ. ރާގާއި މިއުޒިކު ހެދީ ހަސަން ޖަލާލެވެ. ސްޓިލްޝޮޓްސްއެމްވީ އިން ވީޑިއޯގްރަފީ ހަދާފައިވާއިރު އެޑިޓިން ހެދީ އިބްރާހިމް ސޮބާހް އާއި ރަވީ ފާރޫގު އެވެ.

 

ލަވަކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އާއި ފިލްމީ ތަރި އަދި ނެށުންތެރިން ކަމަށްވާ އިބްރާހިމް ސޮބާހް އާއި ޖާދުﷲ އިސްމާޢީލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top