ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދްރިޝްޔަމް 3: ފިލްމު ރިލީޒްކުރާ ތާރީޚާއެކު އައު ޕޯސްޓަރެއް ނެރެފި

އަބީޝޭކް ޕާތަކް ޑައިރެކްޓްކުރާ މި ފިލްމުގައި ފެނިގެންދާނީ، މީގެ އަހަރުތަކެއް ކުރިން ހިނގާދިޔަ ހާދިސާތަކަކާ ގުޅިގެން ކުރިމަތިވާ އައު ގޮންޖެހުންތަކަކާ މަޝްހޫރު ކެރެކްޓާ ވިޖޭ ސަލްގޯންކަރް ކުރިމަތިލާ މަންޒަރެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ “ދްރިޝްޔަމް ދަ ކޮންކްލޫޝަން” އާއެކު، އަޖޭ ދޭވްގަން އޭނާގެ އެންމެ މަގުބޫލު އެއް ކެރެކްޓާ ކަމަށްވާ ވިޖޭ ސަލްގޯންކަރްގެ ރޯލުން އަލުން ފެނިގެންދާނެއެވެ. ހިންދީ ކްރައިމް ތުރިލާ ފްރެންޗައިޒްގެ ތިންވަނަ ބައި ސިނަމާތަކަށް އަންނާނީ 02 އޮކްޓޯބަރު 2026 ގައެވެ. މި ފިލްމުގައި ވިޖޭއާއި އޭނާގެ އާއިލާގެ ފޯރިގަދަ ވާހަކަ ކުރިއަށްދާނެއެވެ.

ފިލްމު އުފައްދާ ފަރާތްތަކުން ދާދި ފަހުން ވަނީ ފިލްމު ރިލީޒްކުރާ ތާރީޚު ކަށަވަރުކޮށްދީ، ވިޖޭގެ އަޒުމް ހާމަކޮށްދޭ ވަރުގަދަ އިބާރާތަކާއެކު ޕޯސްޓަރެއް ނެރެފައެވެ. އެ އިބާރާތުގައިވަނީ “ރަނގަޅަސް ނުވަތަ ނުބަޔަސް، ކޮންމެ ގޮތެއްވިޔަސް… އަހަރެންގެ އާއިލާގެ ހައްގުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަމެވެ.” މި އިޢުލާނާއެކު އަނެއްކާވެސް އަމާޒު ހިފާފައިވަނީ އާއިލާގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ފަދަ ރޮގެއް ވެސް ހުރަސްކުރަން ތައްޔާރަށް ހުރި ވިޖޭ ސަލްގޯންކަރްގެ މައްޗަށެވެ.

ސްޓާ ސްޓޫޑިއޯ 18 އިން ހުށަހަޅާ “ދްރިޝްޔަމް ދަ ކޮންކްލޫޝަން” އަކީ ޕެނޮރާމާ ސްޓޫޑިއޯސްގެ އުފެއްދުމެކެވެ. ފިލްމުގެ ސްކްރީންޕްލޭއާއި ލިޔުންތެރިންނަކީ އަބީޝޭކް ޕާތަކް، އާމިލް ކިޔާން ޚާން އަދި ޕަރުވީޒް ޝައިޚެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އާލޯކް ޖެއިން، އަޖިތު އަންދާރޭ، ކުމާރު މަންގަތު ޕާތަކް އަދި އަބީޝޭކް ޕާތަކެވެ.

ދްރިޝްޔަމް ފްރެންޗައިޒަކީ ކުށުގެ ހާދިސާތަކާއި، ސަސްޕެންސް، އާއިލީ ޑްރާމާ އަދި ނަފްސާނީ ނުތަނަވަސްކަން ހިމެނޭ ފިލްމުތަކަކަށް ވުމުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިލްސިލާއެކެވެ. އަޖޭ ދޭވްގަން ލީޑް ރޯލުން ފެންނަ މި ހިންދީ ފިލްމުތަކަކީ މޯހަންލާލް ކުޅެފައިވާ މަލަޔާޅަމް ފިލްމުތަކުގެ ރީމޭކްތަކެކެވެ. ފާއިތުވި އަހަރުތަކުގައި މި ހިންދީ ސިލްސިލާއަށް ވަނީ، ޚާއްޞަކޮށް އޭގެ ފުރިހަމަ ވާހަކަ ދެއްކުމުގެ ވައްޓަފާޅިއާއި އާއިލާ ސަލާމަތްކުރުމަށް ވިޖޭ ކުރާ މަސައްކަތްތަކުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައެވެ.

މިވެސް ކިޔާލަން:  "ގަންގޫބާއީ ކަތިއާވާޅީ" ގެ ޓްރެއިލަރ ނެރެފި

ގޯއާގެ މާހައުލަށް ބިނާކޮށް އުފައްދާ “ދްރިޝްޔަމް ދަ ކޮންކްލޫޝަން” ގައިވެސް މައިގަނޑު ގޮތެއްގައި ފެންނާނީ ވިޖޭ ސަލްގޯންކަރްގެ ދިރިއުޅުމެވެ. ނަމަވެސް މިފަހަރު ބޮޑަށް އަލިއަޅުވާލާނީ މީގެ ކުރިން ހިނގާފައިވާ މީހަކު މެރުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވާ ނަފްސާނީ އަސަރުތަކަށެވެ. ފުލުހުންގެ އަތްދަށުނުވެ، އާއިލާ ސަލާމަތްކުރުމުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު، ވިޖޭއަށް މިވަނީ އަދިވެސް އޭނާއަށް އުނދަގޫ ކުރަމުންދާ އެ ވާހަކައިގެ އައު ބާބަކާ ކުރިމަތިލާން ޖެހިފައެވެ.

އަޖޭ ދޭވްގަން އޭނާގެ މި ރޯލުން އަލުން ފެނިގެންދާއިރު، ތިންވަނަ ބައިގައި ފެންނާނީ އާއިލާ ރައްކާތެރިކުރުމާއި އޭނާގެ އަމަލުތަކުގެ ނަތީޖާއާ ކުރިމަތިލުމާ ދެމެދު ވިޖޭ ކުރާ ހަނގުރާމައެވެ. ފިލްމަށް ދީފައިވާ ނަން “ދްރިޝްޔަމް ދަ ކޮންކްލޫޝަން” އިން ދޭހަވަނީ، މިއީ ސަލްގޯންކަރް އާއިލާގެ މި ދިގު ވާހަކައިގެ ނިމުން ގެނެސްދޭނެ ފަހު ބައި ކަމެވެ.

“ދްރިޝްޔަމް ދަ ކޮންކްލޫޝަން” ސިނަމާތަކަށް އަންނާނީ 2 އޮކްޓޯބަރު 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top