ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާދޫ އާއި ހާރޑް ރޮކް ސެމީ ފައިނަލަށް ދަތުރުކޮށްފި

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ ސެމީ ފައިނަލަށް މާދޫ އާއި ހާރޑް ރޮކް ދަތުރުކޮށްފިއެވެ. މި ޒޯންގެ ކުއާޓާރ ފައިނަލްގެ މެޗުތައް އިއްޔެ ވަނީ ފަށާފައެވެ. އިއްޔެ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗު:

ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެލައްސަރާއި މާދޫ އެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވެލައްސަރުން ނެވެ. ހާފުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ފުރުސަތެއް ލިބޭތޯ އެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މަޑުމަޑުން ކުޅުން ރަނގަޅުކޮށް މާދޫން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދާފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާދޫން ނެވެ. 27 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އައްޒާމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭނާއަށް ޖައްސާލި ބޯޅަ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ބޯޅަ ދިފާއުކުރުމަށްޓަކައި ވެލައްސަރު ކުޅުންތެރިއަކު މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ. މި ލަނޑަށްފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން އައި ވެލައްސަރުން ވަނީ ފަހު މިނިޓްގައި އެކަން ކާމިޔާބުކޮށްފަ އެވެ. ވެލައްސަރަށް މި ލަނޑު ޖަހައިދިނީ އަލީ އިމްރާން އެވެ. 1-1 އިން ނިމިދާނެކަމަށް ހީވި މި ހާފުގެ އިތުރު ވަގުތުގައި މާދޫއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ވައްދާލައި މާދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް މަދީހް އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.

މިވެސް ކިޔާލަން:  ރޮބިންސަން ނޫނު ބަލިކޮށް ސޮނެވާ ޖާނީ ފައިނަލަށް ދަތުރު ކޮށްފި

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު ދެވަނަ ހާފުގެ ކުރީކޮޅު ވެލައްސަރުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. 23 ވަނަ މިނިޓްގައި މާދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޝައިބާން އަރީފް އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މާދޫން ވަނީ 30 ވަނަ މިނިޓްގައި ތިންވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑަކީ މާދޫ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ނަގައިދޭން މަސައްކަތްކުރި ބޯޅަ ވެލައްސަރު ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ތިންވަނަ ލަނޑަށް މާ ގިނައިރެއް ނުވެ އަބްދުﷲ އަރުސަމް ވަނީ މާދޫގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ހޯދި މާދޫން ވަނީ މެޗުގެ ފަހުކޮޅު އިތުރު ހަތަރު ލަނޑު ޖަހާފައެވެ. ފަސްވަނަ ލަނޑު ވެލައްސަރު ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތްއިރު، ހަވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު މުސަފް އެވެ. އަދި ހަތްވަނަ ލަނޑު މުޙައްމަދު އައްޒާމް ޖެހިއިރު އަށްވަނަ ލަނޑު ޖަހައި ދިނީ އަބްދުﷲ އަރުސަމް އެވެ.

މި މެޗުން މޮޅުވުމާއިއެކު މާދޫއަށް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ލިބިފަ އެވެ.

ފޮޓޯ: ރިސޯޓް ލީގު – އެފްބީ

ކުއާޓާރ ފައިނަލްގެ ދެވަނަ މެޗު:

ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އަނަންތަރަ އާއި ހާރޑް ރޮކް އެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އަނަންތަރައިން ނެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ހުސް ފުރުސަތެއް އެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. އޭގެ ފަހުން ކުޅުން ރަނގަޅުކުރި ހާޑް ރޮކްއަށް ވެސް މެޗުގެ ކުރީކޮޅު ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރިވި ދިޔަ އެވެ.

މިވެސް ކިޔާލަން:  ބ. ޒޯންގެ ޗެމްޕިއަންކަން ފިނޮޅު ހޯދައިފި

ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހާރޑް ރޮކް އެވެ. އަނަންތަރަ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި ފޮނުވާލި ބާރު ބޯޅައިން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަޙްމަދު މަޝީދު އެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. ނަތީޖާ ހަމަހަމަކުރުމަށްޓަކައި އަނަންތަރައިން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑެއް ޖެހުމަށް އަނަންތަރައިން މަސައްކަތް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ހާރޑް ރޮކްއިން އިސްކަން ދިނެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން މި ހާފުގައި ވެސް ހިފީ ހާރޑް ރޮކްއިން ނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ހާރޑް ރޮކްގެ ލީޑު ފުޅާކޮށްދިނީ އަޙްމަދު އަޝްރަފް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ، ގޯލް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ގޯލް ކުރިމަތީ ހުސްކޮށް ހުރެ ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބޮލުން ނެވެ.

މިވެސް ކިޔާލަން:  "އުދަބާނި 2" ފިލްމުގައި މަލުގެ ވާރޭ ވެހޭ ލަވައެއްގެ މަސައްކަތް ފަށައިފި

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ 33 ވަނަ މިނިޓްގައި އަނަންތަރައިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. އަނަންތަރައަށް މި ލަނޑު ޖަހައިދިނީ އަބޫބަކުރު އިބްރާހިމް އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ އިތުރު ވަގުތުގައި ހާރޑް ރޮކްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހުސައިން އައްފާޝް އެވެ. މި މެޗުން މޮޅުވުމާއިއެކު ހާރޑް ރޮކްއަށް ވަނީ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top