ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޯތު މާލޭ ޒޯންގެ ކުޅުން ފަށައިފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ކުޅުން މިއަދު ފަށައިފި އެވެ.

ބަނޑޮސް ރިސޯޓްގައި ކުރިޔަށްދާ ނޯތު މާލޭ ޒޯންގައި މި އަހަރު 15 ރިސޯޓަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ގުރޫޕް އޭގައި ހިމެނޭ ކުޑަހުރާ، ސަމާރ އައިލެންޑް، ބަރޮސް، ތާޖު ކޮރަލް، ގުރޫޕް ބީގައި ހިމެނޭ އޯގާ، ބަނޑޮސް، ރިޓްޒް ކާރލްޓޮން، ކުރުނބާ، ގުރޫޕް ސީގައި ހިމެނޭ، ޖޯޔީ އައިލެންޑް، ސަންގެލި، އައިލާފުށި، ހެލަންގަލި، ގުރޫޕް ޑީގައި ހިމެނޭ، ޕަޓީނާ، ހިލްޓޮން އަދި ހުވަފެންފުށްޓެވެ.

މިއަދު ހަވީރު މި ޒޯންގެ ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ކުޑަކުރާ އާއި ތާޖު ކޮރަލް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ އޯގާ އާއި ކުރުނބާ އެވެ.

މެޗު 1

ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޑަހުރާ އާއި ތާޖު ކޮރަލް އެވެ. މި މެޗު 2-4 އިން ކާމިޔާބު ކުރީ ކުޑަހުރާ އެވެ. މި މެޗުގައި ކުޑަހުރާއަށް ލަނޑުތައް ޖަހައިދިނީ 11 ވަނަ މިނިޓްގައި އަލްތޫފް އާއި 20 ވަނަ މިނިޓްގައި ޒައިދީ އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ވަނީ ލަނޑުތަކެއް ފެނިގެން ގޮސްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ތާޖުގެ ފުރަތަމަ ލަނޑު ފެނުނުއިރު މި ލަނޑަކީ ކުޑަހުރާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ހާފުގައި އިތުރު ލަނޑުތަކެއް ފެނުނުއިރު 27 ވަނަ މިނިޓްގައި ކުޑަހުރާގެ ތިންވަނަ ލަނޑު ޖެހީ ރަމްޒީ އެވެ. ތާޖުގެ ދެވަނަ ލަނޑު ޖަހައިދިނީ މިހާދު އެވެ. އަދި 33 ވަނަ މިނިޓްގައި ކުޑަހުރާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ސަމީހް އެވެ.

މިވެސް ކިޔާލަން:  ކިޑްސަލް 2026 - ދުވަސް 1

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުރާ ޓީމުގެ މުޙައްމަދު ސަމީހް އެވެ.

ފޮޓޯ: ރިސޯޓް ލީގު – އެފްބީ

މެޗު 2

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ އޯގާ އާއި ކުރުނބާ އެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ އޯގާ އެވެ. މި މެޗުގައި އޯގާއަށް ލަނޑުތައް ޖަހައިދިނީ 6 ވަނަ މިނިޓްގައި މައިސަން އެވެ. ނަތީޖާ ހަމަހަމަކުރުމަށް ކުރުނބާއިން މަސައްކަތްކުރަމުން ދަނިކޮށް އޯގާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 12 ވަނަ މިނިޓްގައި އޯގާއަށް މި ލަނޑު ޖަހައިދިނީ އައިމަން އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ހާފުގެ ކުރީކޮޅު އޯގާއިން ލީޑު ފުޅާކުރި އެވެ. 23 ވަނަ މިނިޓްގައި އޯގާއަށް މި ލަނޑު ޖަހައިދިނީ މައިސަން އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި ކުރުނބާއަށް ލަނޑު ޖަހައިދިނީ 25 ވަނަ މިނިޓްގައި ޒަފާން އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯގާ ޓީމުގެ ހުސައިން މައިސަން އެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ވެސް އޮންނާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް ސީގެ ޖޯތީ އައިލެންޑާއި ހެލަންގައްޔެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ޑީގެ ޕަޓީނާ އާއި ހިލްޓޮން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top