ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ފާނަމިޔަރު – “ރާއްޖޭގެ ކަނޑުފަޅުގެ ދިރިމުގެ ތެރެއިން…”

ރާއްޖޭގެ ކަނޑުފަޅުގެ ދިރިމުގެ ތެރެއިން މިއަދު މި ބަލައިލަނީ މިޔަރު އާއިލާގެ މަހަކަށެވެ. ލިޔުން ނަގާފައި މިވަނީ “ފިޝަސް އޮފް ދަ މޯލްޑިވްސް’ ފޮތުންނެވެ.

 

މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން މެދުމިނުގެ މިޔަރެކެވެ. މި މިޔަރު ޢާއްމުގޮތެއްގައި އުޅެނީ އެތެރެވަރީގެ ކަނޑުތަކާއި ފަރުފަޅުތަކުގަ އެވެ. މިއީ ދިވެހިން ގިނައިން ހިފާއުޅޭ މިޔަރެއްނޫނެވެ. ނަމަވެސް އިންޑިއާ ކަނޑުން ރާއްޖެ ހިމެނޭ ސަރަޙައްދުގައި މިބާވަތުގެ މިޔަރު އެކަށީގެންވާ ޢަދަދަކަށް އުޅެއެވެ. ކަނޑުގައި ދާއަޅައިގެންނާއި، ލޭނުއަޅައިގެން އަދި ބައެއް ފަހަރު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ފާނަމިޔަރު ބޭނެއެވެ. މިމިޔަރުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ކަނޑު ހަރުފައާއި، ބޮއްޔާއި ކުދިމަހެވެ. ގާތްގަޑަކަށް 3.5 މީޓަރަށް މިމިޔަރު ބޮޑުވާކަމަށް ވެއެވެ.

 

މިޔަރުގެ އަނގަ ކުޑަވެފައި އަނގަ ހުންނާނީ ގިނަ މިޔަރާއި ޚިލާފަށް މަހުގެ ތަލަޔާ ވަރަށް ގާތުން މަހުގެ ބޮލުގެ ދަށްފަރާތުގަ އެވެ. މިބާވަތުގެ މިޔަރުގެ ނިގޫ އޭގެ ހަށިގަޑުގެ ދިގުމިނާ އެއްވަރަށް ދިގެވެ. މި މިޔަރުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭފަދަ ގޮތަކަށް މުޅި ހަށިގަޑުގައި ލައްތަކެއް ޖަހާފައިހުރެއެވެ. މިބާވަތުގެ ޅަމިޔަރުގައި ހުރަހަށް ކަޅުމުށިކުލައާއި ރީނދޫ ކުލައިގެ ގަޅިތަކެއް ހުރެއެވެ. މިޔަރު ބޮޑުވުމުން ކަޅުކުލައިގަ ހުންނަ ރޮނގުތައް ކަޅު ލައްތަކަކަށް ބަދަލުވެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ މިޔަރަކީ އޭގެމަސް ކެއުމަށް ރަގަޅު، އަދި ވިޔަފާރިއަށް އުރަހަ ބޭނުންކުރެވިދާނެ މިޔަރެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top