ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރީކޯ މޫސަގެ “ކީއްވެ؟ ” ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި
ސެޓާން ސްޓޫޑިއޯ

22 އަހަރަށްފަހު މަޝްހޫރު ޑައިރެކްޓަރު އީސާ ޝަރީފް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު “ކީއްވެ؟” ގެ ރަސްމީ ޕޯސްޓަރު އާންމުކޮށްފިއެވެ.

މިއަދު މީސްމީޑިއާގައި އާންމުކުރި މި މޯޝަން ޕޯސްޓަރާއެކު ގިނަ ބަޔަކަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ. ސަބަބުތައް ބައިވަރެވެ. މިއީ ހަމައެކަނި އީސާ ޝަރީފްގެ އެނބުރި އައުމެއް ނޫނެވެ. މިއީ 90ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭ އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެކްޓަރު ރީކޯ މޫސާމަނިކު އަދި 80ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އެންމެ ކާމިޔާބު ފިލްމުތައް އުފެއްދި އެއް ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ ވެސް އެނބުރި އައުމެވެ.

މީގެ އިތުރުން ފިލްމުގެ ލީޑް ރޯލުން ރީކޯ މޫސަ އާއި ޝީލާ ނަޖީބު އެކުގައި ފެނުމަކީވެސް ޝައުޤުވެރިކަން އިތުރުވާ ސަބަބެކެވެ. މީގެ ކުރިން މި ދެ ތަރިން އެކުގައި ބައެއް ވީޑިއޯ ލަވަތަކުން ފެނިފައިވީ ނަމަވެސް އެކުގައި ބޮޑު ފިލްމަކުން ފެންނަ މިއީ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިއީ 25 އަހަރަށްފަހު ރީކޯ މޫސަ ލީޑް ރޯލަކުން ފެންނަ ފުރަތަމަ ފަހަރުވެސްމެއެވެ.

ރީކޯ މޫސައާއި ޝީލާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ޢަލީ ޝަމީލް، މަރިޔަމް ނިޝާ، ވާޝިޔާ މުޙައްމަދު، އާމިނަތު ރިޝްފާ، ދަރާ މުޙައްމަދު ރަޝީދު އަދި ކުޑަކުދިންގެ ގޮތުގައި ނައުޝީން ޝަރީފް، ނައުރީން ޝަރީފް އަދި އަޒްލީފް ޚަލީލްގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯއާއި ސެޓާން ސްޓޫޑިއޯ، ކިޑް ޕްރޮޑަކްޝަންސް އަދި ނޫރު އެންޑް މޫވީސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޕޯސްޓަރަށް ބަލައިލުމުންވެސް މިއީ ވަރަށް އަސަރުގަދަ ފިލްމަކަށް ވާނެކަމުގެ ޔަޤީންކަން ލިބިގެންދެއެވެ.

މިވެސް ކިޔާލަން:  އީސަގެ "ހަނދާން ކުރައްޗޭ"ގެ ޓީޒާއެއް ދޫކޮށްލައިފި

މަހުދީ އަހްމަދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ކީއްވެ؟” އޮލިމްޕަސް ސިނަމާއަށް ގެނައުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top