ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭސީއެލް ތިންވަނަ ހޯދައިފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

މިހާރު ކުރިޔަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގެ ތިންވަނަ މަގާމް މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދައިފި އެވެ.

ސެމީ ފައިނަލް ދެ މެޗުން ބަލިވި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މިއަދު ހަވީރު ބައްދަލުކުރި، ތިންވަނަ ހޮވާ މެޗު އެމްއޭސީއެލްއިން ކާމިޔާބުކުރީ 3 ސެޓް 2 ސެޓުން ނެވެ.

ގުރޫޕް ސްޓޭޖްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ އެޑިއުކޭޝަން މިނިސްޓްރީ އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިއަދުގެ މެޗުގެ ފުރަތަމަ ސެޓް ވެސް ފެނުނީ ވާދަވެރިކަން ބޮޑު ސެޓެއްގެ ގޮތުގައި އެވެ. ސެޓް ނިންމުމާއި ގާތަށް ދެ ޓީމުން ވެސް ޖެހިލި މި ސެޓް އެމްއޭސީއެލް ކާމިޔާބުކުރީ 23-25 އިން ނެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ފުރަތަމަ ސެޓްގައި ފެނުނު ފަދަ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ފުރަތަމަ ސެޓް ގެއްލުނު ނަމަވެސް ދެވަނަ ސެޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް މި ސެޓްގައި ވެސް ކުރި ހޯދީ އެމްއޭސީއެލް އެވެ. މި ސެޓް ވެސް އެ ޓީމުން ކާމިޔާބުކުރީ 23-25 އިން ނެވެ.

ފުރަތަމަ ދެ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ތިންވަނަ ސެޓްގައި އެޑިއުކޭޝަން މިނިސްޓްރީއިން ދެއްކި އެވެ. ސިދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ނުކުތް އެމްއޭސީއެލްގެ މައްޗަށް އެޑިއުކޭޝަން މިނިސްޓްރީއިން މި ސެޓްގައި ކުރިހޯދީ 25-21 އިން ނެވެ. ހަތަރުވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ އެޑިއުކޭޝަން މިނިސްޓްރީއިން ނެވެ. ފުރަތަމަ ދެ ސެޓްގައި އެމްއޭސީއެލްއިން ދެއްކި ކުޅުން ހަތަރުވަނަ ސެޓްގައި ވެސް ނުދެއްކުނެވެ. މި ސެޓް އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 25-18 އިން ނެވެ.

މިވެސް ކިޔާލަން:  އެމްޓީސީސީ އާއި ސިފައިން ފައިނަލަށް ދަތުރުކޮށްފި

ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ނަތީޖާ ނެރުމަށްޓަކައި ކުޅެން ޖެހުނު ފަސްވަނަ ސެޓްގައި ފެނުނީ އެމްއޭސީއެލްގެ މޮޅު ކުޅުމެވެ. ދެވަނަ ފަހަރަށް އެމްއޭސީއެލް ބަލިކުރަން ނުކުތް އެޑިއުކޭޝަން މިނިސްޓްރީ ކައިރިން ބަދަލު ހިފައި އެމްއޭސީއެލް މި ސެޓް ކާމިޔާބުކުރީ 7-15 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އިސްމާޢީލް އާރިފް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top