މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އުފައްދާ ވީޓީވީން ދައްކަން ފަށާފައިވާ ސިލްސިލާ ޑްރާމާ ”ގެއްލުނު ފުރާނަ“ގެ ފުރަތަމަ އެޕިސޯޑުން ތަފާތު ސުވާލުތަކެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ޢަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ (އެރޫ)، ޢަލީ ޝާހިދު (ސްޓެޕް އައްޔަ)ގެ އިތުރުން ސްޓެޕް އައްޔަގެ އަންހެނުން އާމިނަތު ޒިޔާދާ ހަރަކާތްތެރިވާ މި ސީރީޒް ވީޓީވީން މިދިޔަ އަންގާރަ ދުވަހުގެ ރޭ 11:30 ގައި ދައްކާފައިވާއިރު، ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ.

މިވަގުތު ދިވެހި ފިލްމީ މަޝްރަހުގައި އެންމެ އަލިގަދަކޮށް ފިޔަޖަހަމުންދާ ޢަލީ އާޒިމް (ދޮން އައްޔަ)ގެ މޮޅު އެކްޓިން އެއް ފުރަތަމަ އެޕިސޯޑުން ފެނިފައިވާއިރު، ފިލްމު “ފޯޓީ ޕްލަސް” އިން ފިލްމީ ދާއިރާއަށް ނިކުތް އާމިނަތު ޒިޔާދާ ގެ އެކްޓިންވެސް ފާހަގަކޮށްލެވޭހައި މޮޅެވެ.

އާމިނަތު ޒިޔާދާ އަކީ ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރެކެވެ. އާމިނަތު ޒިޔާދާ ފިރިމީހާ އަކީ ޙަޤީޤީ ދިރިއުޅުމުގައިވެސް ފިރިމީހާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ޢަލީ އާޒިމް (ދޮން އައްޔަ) ދަރަވަންދުއަށް ދަނީ ބޭރުގައި ކިޔަވަން ހުރެފައި ރަހުމަތްތެރިޔާ ކައިރިއަށް ޗުއްޓީ ހޭދަކޮށްލުމަށެވެ. ދޮން އައްޔައަށް ގޮތް ނޭނގޭ އަންހެން ކުއްޖެއް އެ ރަށުގެ އެކި ހިސާބުތަކުން ފެންނަން ފަށައެވެ. އެކުއްޖާ (އިރުފާނާ) އާއި ސުވާލުކުރުމުން ދޮން އައްޔަގެ ރަހުމަތްތެރިޔާ ކައިރީ ސުވާލުކުރުމަށް ބުނެއެވެ. ގޮތް ނޭނގޭ ތަފާތު ކަންތައްތަކެއް ސްޓެޕް އައްޔައަށް ވެސް ކުރިމަތިވަމުން ދެއެވެ.

ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ މި ޑްރާމާ ސީރީޒަކީ ރޫހާނީ ބިރުވެރި ކަންތައްތަކެއް ފެނިގެންދާނެ ސީރީޒެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.