ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮސް ގިނަ މިސްޓޭކް” – ވީމީޑިއާއިން އުފައްދާ ދެވަނަ ފީޗަރ ފިލްމު

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދަޢުވަތުގެ”ގެ ބޮޑު ކާމީޔާބީއަށްފަހު އެ ސްޓޭޝަނުން މިއަހަރު އުފައްދާ ދެވަނަ ފީޗަރ ފިލްމު “ކޮސް ގިނަ މިސްޓޭކް” ނަން އިޢުލާނުކޮށްފިއެވެ.

ވީމީޑިއާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަތަކުގެ އަގުވަޒަންކޮށް، ވީމީޑިއާގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވަމުން އަންނަ “ވީމީޑިއާ ނައިޓް” ކޯޕަރޭޓް އެޑިޝަންގެ މިއަހަރުގެ ހަރަކާތުގައި ލޯބީގެ ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކް” ގެ ނަން އިޢުލާނުކުރީ ކޮމެޑީ ފިލްމު އުފެއްދުމަށް ލާމަސީލު ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ.

‘އަހަރުގެ ރޮމާންޓިކް ކޮމެޑީ ފިލްމު’ގެ ޓެގްލައިނާއެކު ނަން އިޢުލާނުކޮށްފައިވާ “ކޮސް ގިނަ މިސްޓޭކް”ގެ މި ތަފާތު ނަން ދީފައިވަނީ ވީމީޑިއާގެ މެނޭޖްމެންޓްގެ ޚިޔާލަށް ބިނާކޮށްގެންނެވެ. މި ފިލްމުގައި ލޯބީގެ ކަންތައްތަކެއް މަޖާ ޢިބްރަތްތެރި ފިލްމަކަށް ވާނެކަމަށް ޔޫއްޕެ ބުނެއެވެ.

މި އިވެންޓްގައި ވީމީޑިއާގެ ދެވަނަ ޑްރާމާ ސިލްސިލާ “ލަފުޒަކުން”ގެ ނަންވެސް ވަނީ ޢާއްމުކޮށްފައެވެ. “ލަފުޒަކުން” އަކީ މުނިއަވަސް ގެ ލިޔުންތެރިޔާ ޒާނާ ލިޔެ މުނިއަވަސް ގައި ޝާޢިޢުކޮށްފައިވާ ލޯބީގެ ވާހަކައަކަށް ތައްޔާރުކުރާ އެއް އަހަރު ދުވަހުގެ ދިގު ސީރީޒެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top