މިމަހު 27ގައި ބައިސްކޯފުން ދައްކަން ފަށާ ވެބް ސީރީޒް “ހަނާ”ގެ ޕްރޮޑަކްޝަން ޓީމުން ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ. އެގޮތުން “ހަނާ” ޕްރޮމޯޓްކުރުކުރުމަށް އެ ސީރީޒާ ގުޅުންހުރި ލުއި މަޢުލޫމާތު ހިމެނޭ ލީފްލެޓެއް މުޅި ރާއްޖެއަށް ބެހުމަށް ހަމަޖެހިފައިވާކަމަށް ސީރީޒްގެ ޕްރޮޑިއުސަރ ހުސައިން މުނައްވަރު (ކުޑަފޫޅު) މަޢުލޫމާތުދެއެވެ.
ރެޑް ކާޕެޓް އިވެންޓަކާއެކު އޮލިމްޕަހުގައި މި ސީރީޒް ޕްރިމިއަރކުރަން ނިންމާފައިވާކަމަށް، ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު “ސަޒާ” އުފެއްދި މުނައްވަރު މަޢުލޫމާތު ދެއެވެ. މުނައްވަރު އިތުރަށް ބުނީ ސީރީޒް ދައްކާނެ ތާރީޚާއި ވަގުތު ހަމަޖައްސާނީ ބައިސްކޯފުން ކަމަށެވެ.
ކިޑް ޕްރޮޑަކްޝަންގެ “ހަނާ” ޕްރޮމޯޓްކުރުމަށް ހަދާފައިވާ ތަކެތީގެ ތެރެއިން ލީފްލެޓް ވަނީ ސީރީޒްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުކޮށްފައެވެ. މި ލީފްލެޓްގައި “ހަނާ”ގެ ޚުލާޞާއަކާއި ތަރިންގެ ނަމާއި ކުޅޭ ކެރެކްޓަރތަކުގެ ތަޢާރަފެއް ވެސް ދީފައިވެއެވެ. ހަމަ އެހެންމެ ބައެއް މަންޒަރުތަކުގައި އެ ކެރެކްޓަރތައް ބޭނުންކޮށްފައިވާ ބައެއް ޑައިލޮގުވެސް ހިމަނާފައިވެއެވެ.

ވެބް ސީރީޒް “ހަނާ”ގެ ޕްރޮމޯ ލީފްލެޓް
މީގެ އިތުން ޕްރޮޑަކްޝަންގައި ހަރަކާތްތެރިވި އިސް ފަރާތްތަކުގެ ބަސްވެސް ހިމަނާފައި ވެއެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ)، ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނު ރިނާޒާ، ޕްރޮޑިއުސްކޮށް ކެމެރާކުރި މުނައްވަރު އަދި ބައެއް މަންޒަރުތައް ކެމެރާކޮށް، މުޅި ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރި ޢަލީ ރަޝީދު (ގޮޅާ)ގެ ބަސް ހިމަނާފައިވެއެވެ.

ވެބް ސީރީޒް “ހަނާ”ގެ ޕްރޮމޯ ލީފްލެޓް
ސީރީޒްގެ މޭކިން ވީޑިއޯ މިހާރު ބައިސްކޯފުން ބަލައިލެވެން ހުރިއިރު، ސީރީޒްގެ ފޭސްބްކް ޕޭޖްގައި އާއްމުކޮށްފައިވާ ޓީޒާއިން، މި ސީރީޒްގެ މައިގަނޑު ބައިތައް ކުޅޭ ހުރިހައި ތަރިން ދައްކާލާފައި ވެއެވެ.
ހަމައެކަނި ބައިސްކޯފުން ދައްކާ މި ސީރީޒްގައި ހިމެނެނީ 13 އެޕިސޯޑއެވެ. މި ވެބް ސީރީޒްގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ. ކޯ-ސްޕޮންސަރަކީ މޮޑަރން އިންޓީރިއާ އެވެ.
ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
- 31 މެއި 2025ޚަބަރު“ކަމަނާ” ގެ ބޮޑު ކާމިޔާބީއަށް ފަހު، މިފަހަރު “ކަނބުލޮ”
- 31 މެއި 2025ޚަބަރު“ސޮރީ” ފިލްމުގެ ފަރާތުން ބެލުންތެރިންނަށް ވަރުގަދަ އިންޒާރެއް!
- 31 މެއި 2025މަޢުލޫމާތުއަމިއްލަ ގަޔަށް ހިނިއަރުވައިގެން ކާޅު މިކުރަނީ ކޮންކަމެއްކަން އެނގޭތަ؟