ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަވާލް ވެސް ކައިވެނިކޮށްފި

ޝަލަބީ އިބްރާހީމް ކައިވެނިކޮށްފިއެވެ. ޝާއްކޮ އައްމަޑޭވެސް ކައިވެނިކޮށްފިއެވެ. މިފަހަރު މިއޮތީ މުޙައްމަދު ނަވާލްގެ ކައިވެނީގެ ޚަބަރެވެ. އުފައްދަމުން އަންނަ “ކޮސް ގިނަ މިސްޓޭކްް”ގައި މުހިންމު ރޯލަކުން ފެނިގެންދާނެ ނަވާލް ކައިވެނިކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ބައިސްކޯފުން ގެނެސްދިން ކޮމެޑީ ވެބް ސީރީޒް ސީޒަންގެ “ޔެސް ސަރ” އިންވެސް ފެނިގެން ދިޔަ ނަވާލް ކައިވެނިކުރީ އަފޫ އާއެވެ. ކައިވެނީގެ ރަނަކީ 777.77 ރުފިޔާ އެވެ.

ނަވާލްގެ ކައިވެނި ރަސްމިއްޔާތުގައި ޝަލަބީވެސް ބައިވެރވި – ފޮޓޯ: ފުބޫ

ނަވާލްގެ ކައިވެނި ރަސްމިއްޔާތުގައި ޝާއްކޮ އާއި ޝަލަބީ އަދި ފުބޫ ވެސް ބައިވެރިވިއެވެ. ޝަލަބީ ވެސް އިއްޔެ ކައިވެނި ކޮށްފައިވާއިރު، ޝާއްކޮ އައްމަޑޭ ކައިވެނިކުރީ މިމަހު 19 ވަނަ ދުވަހުއެވެ.

ނަވާލްގެ ކައިވެނި ރަސްމިއްޔާތުގައި ޝާއްކޮގެ ދެމަފިރިންވެސް ބައިވެރވި – ފޮޓޯ: ފުބޫ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top