ކޮވިޑް-19ގެ ބަލިމަޑުކަން ފިލައިގެން ދިޔަކަމަށް ދެކިގެން އުޅޭވޭކަށް އަދިވެސް ނެތެވެ. ސާފުތާހިރުކަމާއި، ގައިދުރުކަން ބެހެއްޓުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ދެ ކަންތައް ކަން، ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި އެ ގެންދަވަނީ ހަނދުމަކޮށްދެމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިއްޔެ އާއްމުކޮށްފައިވާ ވީޑިއޯ ސްޕޮޓަކީ ތަފާތު، އަދި ރަނގަޅު މެސެޖްތަކެއް ލިއްބައިދޭ އިޝްތިހާރެކެވެ.
އަތް ދޮވެފިންތަ؟ ސާފުތާހިރުކޮށް އަތް ބޭއްވުމަކީ ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް އެންމެ ރަނގަޅު ކަންތައްކަން މަރިޔަނބު (މަޝްހޫރު އެކްޓްރެސް އައިންތު ރަޝީދާ) ދަނެއެވެ. އެހެންކަމުން މަރިޔަނބު އުޅޭހެން އުޅުމަށް މި ވީޑިއޯގައި އިލްތިމާސްކުރެއެވެ.
އަތް ދޮވެފިންތަ؟
Mariyambu understands that hand hygiene must be practiced at key times to ensure good health. #BeLikeMariyambu & have #SafeHands#HandHygiene #GlobalHandwashingDay pic.twitter.com/AXtMfcexZz
— Health Protection Agency (@HPA_MV) October 15, 2020
މި ވީޑިއޯގައި މަރިޔަނބުގެ އާއިލާ މެންބަރުން އަތް ދޮވުމަށް މަރިޔަނބު ބާރުއަޅާ މިންވަރާއި، އަތް ދޮންނަންވީ ރަނގަޅު ގޮތްތަށް ދައްކައިދެނީ ޝައުޤުވެރިވާ އަދި ހަނދާނުގައި ބަހައްޓަން ފަސޭހަ ކަމެއް މަރިޔަނބު ކުރަމުންނެވެ. އަތް ދޮވެލައިގެން ވީޑިއޯ ބަލައިލާށެވެ. ވީޑިއޯ އެހެން މީހަކާ ޝެއާކޮށްލުމަށްފަހު ވެސް އަތް ދޮވެލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




