“މިފަހަރު ހަމަ ހިލާ ދުލެއް ނުދޭނަން.” އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ބުނީމެވެ. ގަދައަޅައި މަސައްކަތްކުރާނެ ކަމުގެ ޖޯޝާއެކުގައެވެ. “އަހަރެން އޭނާ ބޭނުން!”
❀❁❀❁❀❁❀❁❀
ކައިނާގެ ނަޒަރުން:
ދުވަހުގެ މަސައްކަތް ނިންމައިލުމަށްފަހު، ހުޅުމާލެއަށް ދިއުމަށް ބަހަށް އެރީމެވެ. އަހަރެން ދިރިއުޅެނީ ހުޅުމާލޭގައެވެ.
މެންހަޓަން ފިޝް މާކެޓާ ހިސާބަށް ފޭބުމަށް އަހަރެން ނިންމީމެވެ. އެއީ ހިތްފަސޭހަ ހަވީރެއްކަމުން ތަންކޮޅެއް ބޮޑަށް ހިނގައިލުމަށް ފުރުޞަތު ހޯދުމަށް އަހަރެންގެ ހިތް އެދުނީ ސިކުނޑީގައި ހުރި ހާސްކަން ފިލުވައިލުމުގެ ބޭނުމުގައެވެ. މާދަމާ އޮފީހަށް ނުކުތުމުގެ ކުރިން ހަމަޖެހިލަން އަހަރެން ބޭނުމެވެ.
ކުއްޔަށް ނަގައިގެން އުޅޭ އެއް ކޮޓަރީގެ އެޕާޓްމެންޓަށް ގޮސް ވަދެވުނު އިރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ތާފަނާ ފެނުން ފެންވަރައިލާ ފްރެޝްވެލަން އަހަރެން ނިންމީމެވެ. އެއަށްފަހު ކޮންމެވެސް އެއްޗެއް ކައިގެން އަހަރެންގެ މަންމަ އަށާއި އަހަރެންގެ ބެސްޓީއަށް ގުޅުމަށް ވެސް ނިންމީމެވެ. އަހަރެންގެ ބެސްޓީ ޖެނީއާ ދައްކަން ވެފައިހުރި ލައްކަ ވާހަކަވެސް އެބަހުއްޓެވެ.
ފެންވަރާ ނިމިގެން، ސްޕެގެޓީ ކޮޅެއް ތައްޔާރުކޮށްލައި، ފްރިޖްގައި ހުރި އެޕަލް ޖޫސް ޕެކެޓުން ޖޫސް ތަށްޓެއް އަޅައިގެން ގޮސް ކާން ފެށީމެވެ.
އަހަރެންގެ މަންމަ، އަމީލާ އަށް ގުޅައިލީމެވެ. މަންމަ އުޅެނީ ވިލިގިލީގައި ހުންނަ މަންމަގެ އެޕާޓްމެންޓްގައެވެ. ކުރިން އަހަރެންވެސް އުޅުނު އެޕާޓްމެންޓްގައެވެ. އެމް.އެޗް އެންޓަޕްރައިޒަސް އިން ޖޮބް ލިބުމުން އަހަރެން ހުޅުމާލެއަށް ބަދަލުވީ އޮފީހަށް ގޮސް އުޅުމަށް ފަސޭހަވާނެތީ އެވެ. ވިލިގިއްޔަކީ މަންމަގެ އުފަން ރަށްފަދަ ތަނެކެވެ. މަންމަގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަމުން އެދަނީ ވިލިގިލީގައެވެ. ވިލިގިލީގެ އެންމެ ހިތްގައިމު ސަރަހައްދުގައި މާވިއްކާ ކުޑަކުޑަ ފިހާރައެއް އަހަރެންގެ މަންމައަށް ހުޅުވައިދިނީ މީގެ އަހަރެއްހައި ދުވަސް ކުރިންނެވެ. އެއީ މަންމަ ބިޒީކޮށް ބެހެއްޓުމަށާ އުފާކޮށްދިނުމުގެ ބޭނުމުގައެވެ. މަންމައާ ވަކިން އުޅެން ޖެހުމުން އަދިވެސް މަންމަ މިސްވެއެވެ. އެއީ އަހަރެންގެ އަސްލު ބެސްޓް ފެރެންޑެވެ.
“ހެލޯ މަންމަގެ ލޯބިގަނޑާ!” މަންމަ ހުރީ ނިކަން އުފަލުންކަން މަންމަގެ އަޑުން އެނގުނެވެ.
“މައި ޕްރެޓީ ސިސް،” އާއްމުކޮށް މަންމައަށް އަހަރެން ގޮވަނީ މިހެންނެވެ. ސަބަބަކީ އަދިވެސް މަންމަގެ އުމުރަށް ވުރެން މަންމަގެ ލުކް މާ ބޮޑަށްވެސް ޒުވާނެއެވެ. އަހަރުމެން ދެމައިން ފެނުމުން ތިޔައީ ކޮއްކޮ އާ ދައްތަދޯއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ.
“މަންމަ ކިހިނެއްތަ؟ މަންމަ މަތިން ވަރަށް ހަނދާންވޭ.” ޅަވެލަމުން އަހަރެން ބުނީމެވެ.
“މަންމަވެސް އޭ.” ހިނިގަނޑެއް ޖަހައިލަމުން މަންމަ ބުންޏެވެ. “ކިހިނެއްތަ މަސައްކަތްތައް؟ ހުރިހާ ކަމެއް ރަނގަޅުދޯ!”
“ހޫމް، މަންމަގެ ޝޮޕްގެ ކަންތައްތައް ކިހިނެއް؟”
“ރަނގަޅު ދެން. މިހާރު ވަރަށް ގިނަ ރައްޓެހިންވެސް މަންމައަށް ލިބޭ މިކަން ފެށިފަހުން.” އަނެއްކާވެސް މަންމަ އުފާވެފައި ހުރިވަރު އަހަންނަށް އިތުރަށް ސާފުވިއެވެ.
“ރަނގަޅެއްނު މަންމާ. ވަރަށް އުފާވެއްޖެ ތި ދެއްކި ވާހަކަތަކުން. މިހެން އުޅެލާފަ ދުވަހެއް ހޯދައިގެން މަންމަ ކައިރިއަށް ވަރަށް އަވަހަށް ގޮސްލާނަން އިނގޭ.”
“އާނ. އޭރުން ހަމަ ގައިމުވެސް މަންމަ ވަރަށް އުފާވާނެ. ބޯއީފްރެންޑް ގޮވައިގެން އަންނާނެކަމަށް އުއްމީދުކުރަން.” ނުސީދާކޮށް މަންމަ އެކުރީ ސުވާލެއްކަން އަހަންނަށް އެނގުނެވެ.
“މަންމާ…..” ތުއިވެލަމުން އަހަރެން ބުނީމެވެ. މަންމަ ބާރަށް ހޭން ފެށިއެވެ. އަހަރެން ކުއްޖަކާ ރައްޓެހިވެބަލާށޭ މަންމަ ކިޔާތާ އެތަކެއް ދުވަހެއް ވެދާނެއެވެ.
“އޭއް މަންމާ، ދާން ޖެހިއްޖެ. އައި ލަވް ޔޫ. ފަހުން ގުޅާލާނަން.” ކުއްޖަކާ ރައްޓެހިވާ ވާހަކަ އަނެއްކާވެސް ރަނގަޅަށް ނުފަށަނީސް އަހަރެން ބޭނުންވީ ކޯލް ނިންމައިލާށެވެ.
“އޯކޭ މަންމަގެ ދޫންޏާ، ބައި”
“ބައި، ވަރަށް ލޯބިވޭ.” ހިނިތުންވަމުން އެ ކޯލް ނިންމައިލީމެވެ.
އަހަރެންގެ ބެސްޓީ – ޖެނީގެ ނަންބަރަށް ޑައިލްކޮށްލީމެވެ. ސީއެޗްއެސްސީން ފެށިގެން އަހަރުމެން ދެމީހުންނަކީ ދެ ބެސްޓްފެރެންޑުންނެވެ. އަހަރުމެން ދެމީހުންގެ ތެރެއިން ސަކަރާތްޖަހާ މީހަކީ ޖެނީއެވެ. އަހަރެންގެ ފަރާތުން ހަނގުރާމައަށް ނުކުންނަކީވެސް އޭނާއެވެ. މިބުނީ މިސާލަކަށް، މީހަކަށް އޮޅިގެން ނަމަވެސް އަހަރެންގެ ފަޔަށް އެރެވުނަސް، އެމީހެއްގެ ފަޔަށްވެސް އޭނާ އަރާނެއެވެ. އޭނާ އަކީ މާލޭގެ ސެލޫންއެއްގައި މަސައްކަތްކުރާ ބިއުޓީޝަނެކެވެ. އަހަރުމެން ގޮސިޕްކޮށްލުމުގެ ބޭނުމުގައި ސްލީޕްއޯވަރ ހެދުން އެއީވެސް އާއްމުކަމެކެވެ.
“ހެލޯ، ބްރޯ.” ބެސްޓީ އަހަންނަށް ގޮވާ ގޮތަށް ގޮވައިލިއެވެ.
“ހެލޯ ޓްރަބަލް، ކިހިނެއްތަ މަގޭ ލޯބީ.” އަހަރެންވެސް އަހަރެންގެ ސްޓައިލްގައި ޖަވާބުދިނީމެވެ.
“އޭމް ފައިން އެންޑް ސޯ ޓަޔަރޑް. ސެލޫން އިން ގެއަށް މިއައީ ހަމަ ދެންމެ، އެންޑް ޔޫ އޯ؟”
“މަވެސް އެކްޒޯސްޓެޑް. ދެންމެ މަންމައަށް ގުޅައިގެން ވާހަކަދައްކާލާފަ ޖެނީއަށް މި ގުޅީ. އޭއް އެނގޭތަ؟ ސީއީއޯގެ ފްލޯއަށް އަހަރެން މޫވްކޮށްފީމޭ. އަދި އެވެސް މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް ހަމައަކަށް އެޅެންދެން އޭނަގެ އެސިސްޓެންޓަކަށް. އޭނަ އާވީމަޔޯ!”
“ދެޓްސް މައި ގަރލް، އެހެންވީމަ ޖޮބްގަ ވަރަށް ސަޅިކޮށް އެބަދޭތާދޯ. ހަމަ ސީދާ ސީއީއޯގެ ފްލޯއަށް ވިއްޔަ ތި ފުންމައިލީ. ތިތާ އުޅޭއިރު މަށަށް ފެންނަނީ ބޮސްއާއެކު ކުޑަކޮށް ރޮމޭންސް ޖައްސާލަން. ހަމަ ސީދާ ބޮސްގެ އުނގަށް ފުންމާލެވޭހާ ކައިރިވެލަން.”
ޖެނީ އެ ބުނި އެއްޗަކުން އަހަންނަށް ހެވުނެވެ. އޭނާގެ އެ ލާނެތްކަމެއް ދުވަހަކުވެސް ނުކެނޑޭނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. “މި ލާނެތް ކުއްޖާގަނޑު ދުވަހަކުވެސް ޗޭންޖެއް ނުވާނެދޯ!”
“ހޫމް. ޔަގީންތާ! އެހެންވެގެނެއްނު ކައި މަ ދެކެ ތިހާ ލޯބިވަނީވެސް.” ޖެނީ ޖަވާބުދިނެވެ. “މަށަށް ހީވަނީ ތި ސްޓޯރީގަ ނުކިޔައިދޭ ބައެއް އަދިވެސް އެބަ އޮތްހެން ދޯ. ނިކަން ބަންޑުންކޮށްލަބަލަ! އަހަރެން މި ހުރީ އަޑުއަހަންށޭ!”
“މިދިޔަ ހަފުތާ ބަންދުގަ ބޭއްވި ގެޓް-ޓުގެދަރ ޕާޓީގަ ހިނގި މިސްއަންޑަސްޓޭންޑިންއެއްގެ ވާހަކަ އަހަރެން ކިޔައިދިނީމެއްނު؟”
“ޔާ… ހޮޓް ގައީ އަކާ ދިމާވި ވާހަކަދޯ!”
“އެނގޭތަ؟ އޭނަ އެއީއޭ އަހަރުން ކުންފުނީގެ ނިއު ސީއީއޯ އަކީ! މި އޮއްސާލީ. ދެން ދިމާކުރަން ފަށާ. ހެހެހެ.”
ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދެކޮޅުންވެސް އައީ ހަނުކަމެވެ. އެއަށްފަހު ޖެނީ ހޭން ފެށިއެވެ. “އޯހް މައި-މައި، ދިސް އިޒް އޯވްސަމް ނިއުޒް.”
“ކޮބަޔޯ؟ ދެން މަށާ ދިމާކޮށްފަ ނުހީ އިނދެބަލަ. އެހެން ނޫނީ އަހަރެން ފޯނު ބާއްވަނީ.”
“ސޯ ވަޓް ހެޕެންޑް، ކިޔާދީބަލަ ޑިއަރާ.” ޖެނީ އެދުނެވެ.
“އިންޑްރޮޑަކްޝަން އަށް ބޭއްވި މީޓިންގަ އޭނަ ދެވަނަ އެހެން ދިމާއަކަށް ނުބަލާ. މުޅިންވެސް ހުރީ މަގޭ ދެލޯ ދޭތެރެއަށް ބަލަން. ދެން އޭނަ މަގޭ ބޮސް ކައިރީ، މި ބުނީ ޖާބިރު ބޮސް ކައިރީ ބުނީޔޯ އޭނަގެ އެސިސްޓެންޓަކަށް ގެންދާނީ މަށޯ. އިންޓްރޯ މީޓިންގަ މަފަކީރަށް އިނދެވުނީ ލަދުން ދެފައި ކައިރިކޮށްލަން ނުކެރިފަ.” މިއަދު އަހަންނަށް ކުރިމަތިވި ލަދުވެތި ހާލަތު އޮޅުންފިލުވައިދިނީމެވެ.
“ހޮއެ ހޮއޭ، ހާދަ އޮފީސް ރޮމޭންސް ވަސް ދުވައޭ ގާރލްފްރެންޑޫ. ޔަޤީން އޭނަގެ ހިތުގަ ކައި ވިކައިފި.”
“އެދުހު ޕާޓީގަ ކަންތައްވިގޮތުން އޭނަ ރިވެންޖެއް ނަގަން ޓްރައިކޮށްފާނެއޭ ޖެނީއަށް ހީވޭތަ. އަހަރެން އޭނަގެ މޫނުމަތީގަ ހާދަ ބާރަށޭ ތަފާއްޔެއް އަޅައިލީ. މީޓިން ކުރިއަށް ދިޔައިރު އަހަންނަށް އިނދެވުނީ މޭގަނޑު އަނގަޔަށް އައިސްފަ އިން މީހެއް ހެން.” އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ.
“ވެދާނެ ރިވެންޖެއް ނަގަން އުޅެނީ ކަމަށްވެސްދޯ. ނޫނީ ވެދާނެ ހަމަ އަސްލުވެސް ކަމެއް އުޅެނީ ކަމަށްވެސް.” ހެމުންހެމުން ޖެނީއަށް ހީވާގޮތް ބުންޏެވެ. “އަހަރެން ދޭނެ ނަސޭހަތަކީ ތިކަމުގަ ކުރިއަށްދާށޭ.”
“ކަމޯން ޖެނީ. ބީ ސީރިއަސް. އަހަރެން މިހުއީ ވަރަށް ބޮޑަށް ނާރވަސްވެފައޭ.”
“އޯކޭ އޯކޭ، މަށަކަށް ހިއެއް ނުވޭ އެއީ ރިވެންޖަށް އުޅެނީއެކޭ. މަށަށް ހީވަނީ ޕާޓީ ތެރެއިން ކައި ފެނުނު ވަގުތުން ފެށިގެން އޭނައަށް މަންޖެ ދެކެ ހިތާވެވުނީއޭ. އެވަރު ކަމަކާ އެފަދަ މީހަކު ރިވެންޖަށް ވޯރކްކޮށްފާނެކަމަށް ވަރަށް ހީނުވޭ. އައި ތިންކް، އެންޑް އިންފެކްޓް އައި ވުޑް ސަޖެސްޓް ޔޫ ޓު ގޯ ވިތު ދަ ފްލޯ. ދެން ދެވޭ ހިސާބެއްވެސް އޭރުން އެނގިދާނެތާ. މިހާރު ތިކަމަށް ގޮތެއް ނިންމަން ކިހިނެއް އަހަރުންނަށް އެނގޭނީ. ކެތްކޮށްލައިގެން އިންތިޒާރުކޮށްލަން ޖެހޭނީ. ކަމެއް ހިނގައިފިއްޔާ ދެން ކަންކުރަން ވާގޮތް ކައި އަށްވެސް އެނގޭނެ. އެހެން ނޫނަސް އަހަރެން އަބަދުވެސް މިހުރީނު ކައި އާއެކުގަ، އޯކޭ.” ސީރިއަސް ޓޯންއެއްގައި މިފަހަރު ޖެނީ ދިނީ ނަސޭހަތެކެވެ.
“އެހެންވެޔޭ މަ ބުނަނީ ތީ ހަމަ ބެސްޓް އޮފް ދަ ބެސްޓޭ. ތީ އެންމެ ބެސްޓް އެޑްވައިސް ދޭ މީހާ. އައި ލަވް ޔޫ ގަރލް.” ހީނލަމުން އަހަރެން ބުނީމެވެ.
“އައި ލަވް ޔޫ ޓޫއޭ. ތައްޔާރުވޭ! ކައިގެ ބޮސް އެބައުޅޭ ކައިގެ ހިތް ވަގަށް ނަގަން. އޮފީސް ރޮމޭންސް އިޒް ދަ ބެސްޓް.” ކިތަންމެ ރަނގަޅު ނަސޭހަތެއް ދިނަސް އޭގެ ފަހަތުން އޭނާ މިފަދަ ލާނެއް އެއްޗެއް ބުނެލާނެކަން އަހަންނަށް ކުރިންވެސް އެނގެއެވެ.
“އޭއް.. ދަނީއޭ. ބައީ.” އަހަންނަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ފޯނު ކަނޑައިލިއެވެ. ހިނިތުންވެ، ފޯނަށް ބަލަން އަހަންނަށް ހުރެވުނީއެވެ.
‘ލާނެތް ކުއްޖާގަނޑު.!”
އަހަރެންގެ ސީއީއޯގެ ސަބަބުން އަހަންނަށް ގޮތެއްވާ ވާހަކަ ޖެނީ އަކާވެސް ހިއްސާއެއް ނުކުރެވުނެވެ.
❀❁❀❁❀❁❀❁❀
ދެން އޮތީ ކާޝިފުގެ ނަޒަރުން:
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޮކްޓޯބަރ 2024ޚަބަރުކޮކޯ ހަސަންގެ “ގެއްލުނު ރޭ” ރިލީޒްކޮށްފި
- 27 އޮކްޓޯބަރ 2024ޚަބަރުފިލްމު “ސޮރީ” ގެ ތީމް ލަވަ ކިޔުއްވަން އަސަރުގަދަ ވަރުގަދަ އަޑެއް ނަހޫ ހޯދަނީ
- 25 އޮކްޓޯބަރ 2024ޚަބަރުފަންސާސްހާސް ރުފިޔާގެ އިނާމަކާއެކު ކުރު ފިލްމު މުބާރާތެއް!
- 10 އޮކްޓޯބަރ 2024ޚަބަރު“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!
Repeat vefa mihafthaaves hama e episode