ނަވާ ކަރްނާޓަކާ ފިލްމް އެކެޑަމީއާއި ޔުނިވަރސަލް ފިލްމް މޭކަރސް ކައުންސިލް ގުޅިގެން ބާއްވާ 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމުގެ ހުޅުވާލައިފި އެވެ. އެގޮތުން ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ދާއިރާއަށް މޭވަވެތި ޚިދުމަތްތަކެއް ކުރަމުން އަންނަ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) މެދުވެރިކޮށް ހަތަރު ފިލްމެއް ބައިވެރިކުރުމަށް ނިންމާފައިވާކަމަށް އެ ސޮސައިޓީން ބުނެފި އެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)އިން ބުނީ މި ފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމަށް ބޭނުންވާ ފަރާތްތަކުން މި ހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ކުރިން ލިޔުމަކުން އެކަން އެ ސޮސައިޓީއަށް އެންގުމަށް އެދޭ ކަމަށެވެ.

“ބައިވެރިކުރުމަށް އެދޭ ފިލްމްތައް 4 ފިލްމަށްވުރެ ގިނަވެއްޖެނަމަ ފެސްޓިވަލަށް ގެންދާނެ 4 ފިލްމް ކަނޑައަޅާނީ މި ސޮސައިޓީގެ ފަރާތުން އެކުލަވާލާ 03 މެމްބަރުންގެ ޕެނަލްއަކުން”

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)

މި ފެސްޓިވަލްގައި ފީޗަރ ފިލްމުގެ އިތުރުން ކުރު ފިލްމ ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެމްއެސްޕީއޭ އިން ބުންޏެވެ.

ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހު 22 ން 24 އަށް އިންޑިއާގެ ނޯތު ކަރްނާޓަކާގެ ހުބުލީގައެވެ.

އެމް.އެސް.ޕީ.އޭގެ އީމެއިލް:
[email protected]
އިތުރު މަޢުލޫމާތު: 7727264

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މުނިއަވަސްފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކިއެކި ތަފާތު ފުރުސަތުތައް ހޯދައިދިނުމާއި އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއިންނާއި ރާއްޖެއިންބޭރުން ރިކޮގްނިޝަން ހޯދައިދިނުމަށް ކަން ފާހަގަކުރެވެއެވެ. އެގޮތުން 2021ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު އެކްޓްރެސް އައިޝަތު ރިޝްމީ ރަމީޒަށް، ޑރ. ސަރޯޖިނީ ނައިޑޫ އިންޓަރނޭޝަނަލް ވާރކިންގް ވުމަންގެ އެވޯޑް ލިބިފައިވެއެވެ.

މިއަހަރު ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”އަކީ މިގޮތުން ބޭއްވި 03ވަނަ ފިލްމް ފެސްޓިވަލްއެވެ. ރާއްޖޭގެ ފަރާތުން މިފެސްޓިވްލްގައި ދެއްކީ ޑައިރެކްޓަރ ރަވީ ފާރޫޤް ލިޔެ ޑައިރެކްޓްކޮށް ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް އެ ޓީވީން ދެއްކި “ހަޔާތް” ކުރު ފިލްމެވެ. މި ފިލްމަކީ 2022ވަނަ އަހަރު ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށް އެވޯޑް ލިިބިފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

މި ފެސްޓިވަލްގައި 09 ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނު ރާއްޖޭގެ މަޝްހޫރު އެކްޓަރ/ޑަައިރެކްޓަރ މުޙައްމަދު ރަޝީދު (ދަރާ) އަދި ޕާފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހޯދާފައިވާ ކުޅަދާނަ އެކްޓަރ/ޕްރޮޑިއުސަރ/ޑައިރެކްޓަރ އަޙްމަދު ނިމާލަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ދެ އެވޯޑު ލިބިފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ފުރަތަމަ ސުޕަރސްޓަރ ކުންޑަލް ލާލް ސައިގަލްގެ ނަމުގައި ދެވޭ ޚާއްޞަ އެވޯޑް ރާއްޖޭގެ އެންމެ ހުނަރުވެރި، އެންމެ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީޢު (ޔޫއްޕެ)އަށް ވެސް މިއަހަރު ލިބިފައިވަނީ އެމްއެސްޕީއޭގެ މަސައްކަތާ އެކުގައިކަން ފާހަގަކޮށްލެވެއެވެ.

🎦 މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.