ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭގެ ދެވަނަ އެކްޓިން ވޯރކްޝޮޕް އަންނަ އަހަރު ޖެނުއަރީ މަހު!

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން ބާއްވާ އެކްޓިން ވޯރކްޝޮޕްގެ ދެވަނަ ބުރު އަންނަ އަހަރު ޖެނުއަރީ 13 އިން 12 ފެބްރުއަރީއަށް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އާއި އިންޑިއަން ކަޗްލްޗުރަލް ސެންޓަރާއި ގުޅިގެން “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި ބާއްވާ އެކްޓިން ވޯރކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ނޮވެމްބަރު 20 ން 31 ޑިސެމްބަރު 2025ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް 7645080 އަށް ގުޅައިގެން ނުވަތަ ވައިބަރުން މެސެޖްކޮށްގެން ރެޖިސްޓްރީކުރެވޭނެއެވެ.

އެމްއެސްޕީއޭ އިން “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި 20 މެއި 2023ގައި ފެށި ވޯކްޝޮޕް ކާމިޔާބުކަމާއެކު 09 ބައިވެރިން ފުރިހަމަކޮށް ނިންމައިލީ 2023 ވަނަ އަހަރު ޖޫން މަހުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top