ދިވެހި ފިލްމުތަކުންވެސް ހިތްގައިމު އައިޓަމް ލަވަތައް ލާފައި ހުންނަތަން ފެނެއެވެ. ނަމަވެސް އަމިއްލަ ރާގުގެ އައިޓަމް ލަވައެއް ހިމަނާފައި ހުންނަތަން ފެނިފައެއް ނުވެއޭ ބުނާހާވެސް ވެއެވެ. މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑާކް ކޮމެޑީ “ފްރީ ޑެލިވަރީ”ގައި ހިމެނޭ ހިތްގައިމު، ފޯރިގަދަ އަމިއްލަ ރާގުގެ އައިޓަމް ލަވަ “ޔޫ އައި އަށް” ރިލީޒްކޮށްފި އެވެ.

“ޔޫ އައި އަށް” މިއީ އަމިއްލަ ރާގެއްގެ އައިޓަމް ލަވައެކޭ ބުންޏަސް ޤަބޫލުކުރަން ދަތިވާނެ ހިތްގައިމު ލަވައެކެވެ. އަދުގެ ޖެނެރޭޝަނާ ގުޅޭގޮތަށް ލަވައިގެ ޅެންވެރިކަން، ކޮރިއޮގްރަފީއާއި ކެމެރާކުރުން އަދި ޑައިރެކްޝަން ފެނިގެންދާނެ ލަވައެކެވެ.

މި ލަވައާމެދު އިއްލެ ބުނީ ކޮޕީ މިއުޒިކަށް އިއްލެ މަސައްކަތް ނުކުރާނެ ކަމަށާ ކޮޕީ ފިލްމެއް ހެދިޔަސް ހަދާނީ ފިލްމުގެ ކޮޕީރައިޓްސް ގަނެގެން ކަމަށެވެ.

ޑާކް ކޮމެޑީ “ފްރީ ޑެލިވަރީ”ގެ “ޔޫ އައި އަށް” ލަވައަކީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ޅެންވެރިކަމުގެ އިތުރުން އަމިއްލަ ރާގުގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަހީދާ މުޙައްމަދު އެވެ.

“ޔޫ އައި އަށް” ލަވައިން ސަޕްރައިޒެއްގެ ގޮތުގައި މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒް އަދި ޢަލީ ސީޒަން ފެނިގެންދެއެވެ.

ލަވައިގެ ސަޅިކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ލަވައާމެދު ބެލުންތެރިން އިންސާފުކޮށްލާށެވެ. ބިނާކުރަނިވި ފާޑެއް ކިޔެން އޮތްނަމަ ފާޑުކިޔުންތައް ބަލައިގަންނަން އިއްލެ ހުރީ ތައްޔާރަށެވެ. ކޮމެންޓްގެ ޒަރީއާއިން ކިޔާ އެފަދަ ފާޑުކިޔުންތައް މުނިއަވަސް އިން ޝާއިޢުވެސް ކުރާނެއެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އެންމެ ފަހު ހަތަރު ޝޯ އޮންނާނީ ނޮވެމްބަރު 29 ،30 ވަނަ ދުވަހުގެ ރޭގެ އިތުރުން ޑިސެމްބަރު 01 އަދި 02 ވަނަ ދުވަހުގެ ރޭގައެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.