ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެ އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވަނީ

ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނު ޔޫސުފު ޝަފީޢު (ޔޫއްޕެ)، މި އަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ޔޫއްޕެ އުމްރާގެ އަޅުކަމަށް ދިއުމަށް ތައްޔާރުވަމުން އަންނަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ދަށުންނެވެ.

މީގެ އެއްދުވަސް ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ޔޫއްޕެ ފެންނައިރު، އެ ފޮޓޯތަކާ އެކު ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ ރަމަޟާން އުމްރާ 1445ގެ ބައިވެރިންނަށް އުމްރާ ކިޓް ދޫކުރުން ކުރިއަށްދަނީ ކަމަށެވެ. އާއްމުކޮށްފައިވާ ފޮޓޯތަކުން ޔޫއްޕެ އުމްރާ ކިޓާ ހަވާލުވާތަން ފެނިގެންދެއެވެ.

ޔޫއްޕެ އަދި ރާއްޖެއިން އުމްރާގެ އަޅުކަމަށް ދާ އެންމެހައި އަޚުންނާއި އުޚުތުންނަށް ކާމިޔާބު އުމްރާއެއް މިންވަރުކުރެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top