27 އޯގަސްޓް 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު “ކަމަނާ”ގެ ޕްރިމިއަރ ޝޯވގެ ހުރިހައި ޓިކެޓެއް އެއްކޮށް ބުކްކޮށްފައިވާ ކަމަށާ، ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ މިމަހު 27ގައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
ފިލްމްގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ 27 ޖުލައި 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 12:00އާއި ދެމެދުގެ ވަގުތުގައި އޮލިމްޕަސް ކައުންޓަރުންނެވެ. ޓިކެޓް ހޮޓްލައިން ނަންބަރަކީ 7458800 އެވެ.
@muniavas @kamanaa ♬ original sound – MUNIAVAS
ފިލްމުގެ ޕްރޮޑިއުސަރުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ބުނެފައިވަނީ ޕްރިމިއާ ޝޯގެ އިތުރުން، އިތުރު ތިން ޝޯގެ ބޮޑުބައެއްވެސް ބުކްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕްރިމިއާ ޝޯއަށް ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކުން މިމަހު 27 ވަނަ ދުވަހު ހެނދުނު 10:00 ން 12:00 އާއި ދެމެދު ޓިކެޓް ގަތުމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ބުނެފައިވަނީ ޕްރިމިއާ ޝޯއަށް ބުކްކޮށްފައިވާ ޓިކެޓްތައް ބާރަޖެހުމާއި ހަމައަށް ގަނެފައި ނުވާނަމަ އެ ބުކިން ކެންސަލްކޮށް، ޓިކެޓް ގަންނަން ދާ އެހެން ފަރާތްތަކަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ފިލްމު “ކަމަނާ”ގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު(ޔޫއްޕެ) މަރިޔަމް އައްޒަ، ރަޝްފާ (އާޝާ)، ދަރާ ރަޝީދު، މުހައްމަދު މަނިކު އަދި ނަތާ ހިމެނެއެވެ. ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!