‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ ފިލްމު “ލޯބިން…؟” ކުޅެން ފަށައިފިއެވެ. ފިލްމުގެ ޝޫޓިން ފެށީ 01 މެއި 2025ވަނަ ދުވަހު އެވެ.
ފިލްމު “ލޯބިން…؟”ގެ ޝޫޓިން ފަށާފައިވިޔަސް، ފިލްމުގައި ހަރަކާތްތެރިވަނީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފިލްމުގައި ހަރަކާތްތެރިވާނެ އައު ފަންނާނުން ހޯދުމަށް މީގެ ހަތަރު ހަފުތާކުރިން ކާސްޓިންކޯލަކަށް އިޢުލާނުކޮށްފައިވެއެވެ. އެހެންކަމުން މި ފިލްމުން މުޅީން އައު މޫނުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.
ލޯބިން މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ. އިއްލެގެ މޯހިރުކަމުގެ ދަށުން ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފެންވަރު ރަނގަޅު އުފެއްދުންތަކެއް މިހައިތަނަށް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
