ވޭތުވެދިޔަ ދެތިން މަސްދުވަހު ލައްކަ ގިނަ މީހުންނަށް ބަޔަކު މީހުން ”ލިލީ“ ބަހައިފިއެވެ. ”ލިލީ“އާ އެކު ފޮޓޯނެގި މީހުން މީސްމީޑިއާގައި ފޮނިވެސް ކަނޑައިފިއެވެ. އެ ފުރުޞަތު ލިބުނު މީހުންނާ ނުލިބޭ މީހުންނަށްވެސް މިފަހަރު މިއޮތީ ރަށްރަށުގައި ތިބެގެންވެސް ”ލިލީ“ ލިބޭނެ ގޮތް ހަމަޖެހިފައެވެ.
މުޅި ހިންނަވަރަށް މަޝްހޫރު ”ލިލީ“ އިނބޭން ރަށަށް ގެންދާން ބޭނުމުއްވާ (މުޅި ހިންނަވަރަށް މަޝްހޫރު ”ލިލީ“ ތިބާމެންގެ ރަށަށް ގެންދަން ބޭނުންނަމަ) މިހާރު މިއޮތީ އެ ފުރުޞަތު ހުޅުވާލާފައެވެ. ’ކްރިއޭޓިވް ނެޓްވޯރކް’ގެ ފުރަތަމަ ފިލްމު ”ލިލީ“ ރަށްރަށުގައި އަޅުވަން ބޭނުން ފަރާތްތަކުން 7505079އަށް ގުޅުމަށް އެ ޕްރޮޑަކްޝަނުން އެދެއެވެ.
މީގެ ކުރިން ނިކަން ވަރުގަދަ، ސަޅި ފިލްމީ މަސައްކަތްތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އަޒްހާން އިބްރާހީމްގެ ކްރައިމް ތްރިލާ ފިލްމު “ލިލީ”ގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. ހަމަ އެހެންމެ، އެލީޝާ ސަނީމް އަދި ޚަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނީވެސް މި ފިލްމުންނެވެ.
ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.
20 ނޮވެމްބަރުގައި ރިލީޒްކުރާ ފިލްމު “ލިލީ” އަކީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




