މުޅި ހިންނަވަރަށް މަޝްހޫރު ”ލިލީ“ގެ ވަރުގަދަ ކެރެކްޓަރ އިން އައިޝާ ފެނިގެންދާ ”ލިލީ“ ފިލްމުގެ ރަސްމީ ޓީޒާ މިއަދު ނެރެފި އެވެ. ވަރުގަދަ މަންޒަރުތަކެއް ފެނިގެންދާ މި ޓީޒާއިން ފިލްމުގެ މައިގަނޑު ތަރިންތައް ފެނިގެންދެއެވެ.

އާއްމުކޮށްފައިވާ ޓީޒާއިން ފެންނަ މަންޒަރުތައް ހާމަކުރަމުން ’ކްރިއޭޓިވް ނެޓްވޯކް‘ އިން ބުނެފައިވަނީ މިއީ އަނިޔާއާއި ދިރިހުރުމާއި ހަގީގަތުގެ ބިރުވެރިކަމާއި ކަންބޮޑުވުމުގެ ފަށަލަތައް ހާމަކޮށްދޭ، ފިލްމުގެ ތެރެއަށް ބެލުންތެރިން ގަންބައިލާނެ ތްރިލާ ފިލްމެއްގެ ޓީޒާއެއް ކަމަށެވެ.

20 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ ފިލްމު ”ލިލީ“ގެ ޓިކެޓް ދުރާލައި ބުކްކުރުމުގެ ފުރުޞަތުވެސް މިއަދު ހުޅުވާލާފައިވެއެވެ. ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7505079 ނަންބަރަށް ގުޅައިގެން ނުވަތަ ފިލްމުގެ ރަސްމީ ވެބްސައިޓަށް ވަދެގެންވެސް ކުރިއަށްދެވޭނެއެވެ.

ފިލްމުގެ ރަސްމީ ވެބްސައިޓަކީ www.book.lilythemovie.com އެވެ.

ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު “ލިލީ”ގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.

‎ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.

‎20 ނޮވެމްބަރުގައި ރިލީޒްކުރާ ފިލްމު “ލިލީ” އަކީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.