ލަވައެއް އަޑުއިވުމުން، އެ ލަވައިގެ އިހުސާސްތައް ހިތުގެ އެންމެ ފުނާހަމައަށް ކޮށް، ހިތުގެ ހިމަ ނާރާ ކުޅެލާ ހިތްކަތިލާ ފަދަ ލަވައެއް އިވުމުން އެ ކުރެވޭ އިހުސާސަކީ ބުނަން ނޭނގޭ ފަދަ އިހުސާސެކެވެ. ސިކުނޑިތެރޭގައި އެ ލަވައިގެ ރާގާއި ޅެންވެރިކަން އެނބުރެން ފަށައެެވެ. ސިކުނޑީގައި ވަކިހިއްޕާލައެވެ. މިމަހު 20ވަނަ ދުވަހު އޮލިމްޕަހަށް ގެންނަ ”ލިލީ“ ފިލްމުގެ ”ހިތް ކަތިލިޔެ“ ލަވައިގެ އަޑު ޖެހުމާއެކު ހިތަށް މި ބުނި ފަދަ އަސަރުތަކެއް ކުރުވިއެވެ. ހިތް ކަތިލިޔެއެވެ.
މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)ގެ ޅެންވެރިކަން ހިމެނޭ މި ލަވައިގެ ހިތް ކަތިލާ ފަދަ ސަޅި ރާގު ހެދީވެސް ޚުދު އޭނާއެވެ. ދިވެހިވަންތަ އެހެނަސް ތަމަޅަ ލަވަތަކުގެ ފީލެއް ހުންނަ މި ހިތްގައިމު މިއުޒިކް ހެދީ ޙުސައިން ތަޢުފީ އެވެ. ލަވަ ކިޔާފައިވަނީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)ގެ އިތުރުން މަރިޔަމް އަޝްފާ އެވެ.
ލަވައިގެ ރާގާއި ކިޔުންގަނޑު އެހާ ސަޅިވެފައި ހިތް ކަތިލާހާ ފުރިހަމައިރު، މި ލަވައިން ފެނިގެންދާ އުއްމީދީ ޖޯޑު، އާދެ ޝާރިފް އަދި އައިޝާގެ ފައިހަމަކުރުންތަކުން ވެސް ހިތް ކަތިލާހާވެއެވެ. ޝާރިފް އަކީ ހުނަރުވެރި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ތަރިޔަކަސް، މިހާ ސަޅިކޮށް ނަށާލާ ފައިހަމަކޮށްލަން ފައްކާވާނެއެކޭ މީގެ ކުރިން ހީކުރެވިފައެއް ނެތެވެ. ނަމަވެސް ޝާރިފުގެ ބައިވެރިޔާ އައިޝާގެ ނެށުމުގެ ހުނަރާއި ލ. އަތޮޅުގެ ހިތްގައިމު މާހައުލުތަކުގެ ހިތްގައިމުކަމާއެކު މިހާ ސަޅި ލަވައެއް އިވުމުން އެ ބުނާ ’މެޖިކެއް’ގައި ޖެހި ފައިހަމަކޮށްލަން ނޭނގެންވީ ސަބަބެއްވެސް ނޯންނާނެތާއެވެ.
އަޒްހާން އިބްރާހީމްގެ ހުނަރުވެރި ކޮރިއޮގްރަފީ އަދި ޑައިރެކްޝަން ފެނިގެންދާ މި ހިތްގައިމު ލަވައިގެ މަންޒަރުތައް ކެމެރާކުރީ ސަމާހު އިބްރާހީމެވެ.
”ހިތް ކަތިލިޔެ“ ލަވައިގެ ހިތްގައިމުކަމުގެ ވާހަކަ ކިތަންމެ ވަރަކަށްވެސް ދެއްކިދާނެއެވެ. ނަމަވެސް މި ލަވަ ބަލައިލުމުން މެނުވީ ލަވައިގެ ސަޅިކަމެއް ނުފެންނާނެއެވެ.
ަ
ކްރިއޭޓިވް މީޑިއާގެ އަލަތު ފިލްމު ފިލްމު ”ލިލީ“ގެ ޓިކެޓް 7505079 އަށް ވައިބާ ކުރައްވައިގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތް ކުރައްވައިގެން ނެންގެވޭނެއެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުަސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ އެވެ. މީގެ އިތުރުން ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުالله ޝަކީލް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




