‎اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

ކުރީގެ މަޝްހޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާހު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދިނުމަށްޓަކައި ދިއްދުއަށް ގެންދިޔަ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

‎މާތް اَللّٰهُ, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތްލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.