ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިމާލަށް ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާ!

2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ދިހަގަޑި ބައިވެސް ވީފަހުން ރާއްޖޭގެ މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަޙްމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފެށިއެވެ. އޭގެ އަނެއް ދުވަހު އައިޖީއެމްއެޗަށް ގެންގޮސް އައިސީގައި ފަރުވާދޭން ފެށިއެވެ. އަދިވެސް ނިމާލް އޮތީ ވަރަށް ސީރިއަސް ހާލުގައި ވެންޓިލޭޓަރުގައެވެ. ނިމާލްގެ އާއިލާއިން އެދެނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އިތުރުބާރު ހުރި ފަރާތަކުން މުނިއަވަސްއަށް ހިއްސާކުރި މަޢުލޫމާތެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނިމާލްގެ ސިކުނޑިއަށް ޖަމާވަމުން ދިޔަ އެކްސެސް ފުލުއިޑް ނެރުމަށް ހޮޅިކޮޅެއް ލެއްވުމަށް ކުޑަ ސާޖަރީއެއް ކުރިއެވެ. އެ ސާޖަރީ ރަނގަޅަށް ދިޔަކަމަށާ ސިކުނޑި ހީލްކުރަން އޮބްޒަވޭޝަންގައި ބާއްވާފައި އޮތްކަމަށް ވެސް ހުކުރު ދުވަހު ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ.

އެ ސާޖަރީއަށް ފަހު އެ ލެއްވި ހޮޅިކޮޅު ރަނގަޅަށް މަސައްކަތްކުރާކަމަށް ޑޮކްޓަރާ ހަވާލާދީ ނިމާލްގެ އާއިލާއާ ގާތް ފަރާތަކުން ބުންޏެވެ. ސިކުނޑީގެ މަސައްކަތް ކުރާކަމަށްވެސް މައޫލާމާތުދެމުން ބުންޏެވެ.

ނިމާލްގެ ހާލު ކުރިއަށް ވުރެ ގޯސްނުވާ ކަމަށާއި އަދި އިތުރަށް ހާލު ރަނގަޅުވެސް ނުވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އެހެންކަމުން މި ވަގުތު ނިމާލަށާއި އޭނާގެ އާއިލާއަށް ބޭނުންވަނީ އެންމެންގެ ފަރާތުން ހެޔޮ ދުއާއެެވެ.

5
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top