މިއަދުގެ ޒަމާނީ ދުނިޔޭގައި އަޅުގަނޑުމެންގެ އަތުގައިވާ ފޯނަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން މިހާރު މިވަނީ ބަދަލުވާން ފަށާފައެވެ. ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި، އާޚިރަތަށްޓަކައި ކަމެއް ކުރަން ބޭނުންވާ މީހަކަށް “ޤުރުއާންލީ” (Quranly) އެޕްލިކޭޝަނަކީ ރަނގަޅު މިސާލެކެވެ. ޚާއްޞަކޮށް މި އެޕްލިކޭޝަންގައި ހިމެނޭ “ސްޓްރީކް” ފީޗާއަކީ ދީނީ ކަންކަމަށް ލޯބިޖެއްސުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ހިތްގައިމު ގޮތެކެވެ.
ޒުވާނުންގެ މެދުގައި މަޤްބޫލު “ސްނެޕްޗެޓް” ފަދަ އެޕްލިކޭޝަންތަކުގައި ހުންނަ ފަދަ “ސްޓްރީކް” ފީޗާއެއް ޤުރުއާންލީ އެޕްގައި ހިމަނާފައިވެއެވެ. ސްނެޕްޗެޓްގައި ކޮންމެ ދުވަހަކު ފޮޓޯއެއް ފޮނުވައިގެން ސްޓްރީކް ހިފަހައްޓާ ފަދައިން، މި އެޕްގައި އޮންނަނީ ކޮންމެ ދުވަހަކު ކަނޑައެޅޭ ވަކި މިންވަރަކަށް ޤުރުއާން ކިޔެވުމެވެ. މިއީ އެކަމަށް ދެވިހިފާނެ ފަދަ ހިތްގައިމު ކަމެކެވެ. ނަމަވެސް މިއީ ދުނިޔަވީ ކަމަކަށްވުރެ ބޮޑަށް، އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭ “ދެވިހިފުމެކެވެ”.
ކޮންމެ ދުވަހަކުވެސް ކިޔަވާ މިންވަރު އިތުރުވަމުންދާ ވަރަކަށް ސްޓްރީކް މަތިވަމުންދާތީ، އެ ސްޓްރީކް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދެއެވެ. މީގެ ސަބަބުން ކަންނެތްވެފައި ހުންނަ ދުވަސްތަކުގައިވެސް، އެންމެ އާޔަތެއް ނަމަވެސް ކިޔަވައިލުމަށް ހިތްވަރު ލިބެއެވެ. މިއީ ދާއިމީގޮތެއްގައި ޤުރުއާނާ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ޤުރުއާންލީ އެޕަކީ ހަމައެކަނި ޤުރުއާން ކިޔަވަން އޮންނަ އެޕެއް ނޫނެވެ. އޭގައިވާ ތަރުޖަމާއާއި، ކިޔެވި މިންވަރު ބަލައިލެވޭ ގޮތްތަކަކީ ވެސް ވަރަށް ފުރިހަމަ ކަންކަމެވެ. އެހެންކަމުން، ފޯނުން ބޭކާރު ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ހަށިގަނޑާއި ރޫޙަށް ދިރުން ގެނެސްދޭނެ މިފަދަ އެޕެއްގެ ބޭނުން ހިފުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމެކެވެ.
މުޅިން ހިލޭ ބޭނުންކުރެވޭ މި އެޕަކީ ކޮންމެހެންވެސް އަޖުމަބަލައިލަން ޖެހޭ އެޕެކެވެ. ޚާއްޞަކޮށް ޤުރުއާން ކިޔެވުމުގައި ފަރުވާކުޑަކުރެވޭ ނުވަތަ ދާއިމީކޮށް އެކަން ނުކުރެވޭ މީހުންނަށް މިއީ ވަރަށް ބޮޑު ބަދަލެއް ގެނުވާނެ އެޕެކެވެ. ސްޓްރީކް ކުރަންވީ ހަމައެކަނި ފޮޓޯއަކުން ނޫނެވެ. ޤުރުއާނުގެ މަތިވެރި ނޫރުން އަޅުގަނޑުމެންގެ ދިރިއުޅުން އަލިކުރުމަށް މި އެޕްގެ ޒަރިއްޔާއިން ސްޓްރީކް ހިފަހައްޓަމާ ހިނގާށެވެ.
