ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ – ގިނިސް ވޯލްޑް ރެކޯޑް ކައިވެނި ހުށަހެޅުމެއް!

މި ފޮޓޯއިން ފެންނަން އެހުރީ ހަމައެކަނި “މެރީ މީ” ނުވަތަ “އަހަންނާ ކައިވެނިކުރާނަންތަ؟” މި އިބާރާތެއް ނޫނެވެ. މިއީ ކެތްތެރިކަމާއި، ސާބިތުކަމާއި، އަދި ފަސޭހަ ގޮތްތަކުގެ މައްޗަށް ބުރަ މަސައްކަތް އިސްކުރި ލޯތްބެއްގެ ވާހަކައެކެވެ.

މި ހިތްގައިމު ހުށަހެޅުމަކީ 2008 ވަނަ އަހަރު ޔަސޫޝީ ތަކަހާޝީ ހަ މަސް ދުވަހުގެ ވަގުތު ހޭދަކޮށްގެން، މުޅި ޖަޕާނުގައި ޖީ.ޕީ.އެސް ޓްރެކިންގް ބޭނުންކޮށްގެން “MARRY ME” މި ލަފުޒު ކުރަހައިގެން ތައްޔާރުކުރި ހުށަހެޅުމެކެވެ. ފައިމަގުގައާއި، ވެހިކަލްގައާއި، ބައިސްކަލްގައާއި އަދި ފެރީގައި ގާތްގަނޑަކަށް 7,163 ކިލޯމީޓަރު (4,451 މޭލު)ގެ ރާސްތާއެއް އޭނާ ކަނޑައްތުކުރިއެވެ. އޭނާ ވަނީ މުޅި ގައުމަކީ ލޯބީގެ ކުރެހުމެއް ކުރަހާލާނެ ފަރުމާއަކަށް ހަދައި، ވަރަށް ފަރުވާތެރިކަމާއެކު ކޮންމެ އަކުރެއް ބިންމަތީގައި ކުރަހާފައެވެ.

މިއީ އެންމެ ދުވަހަކުން ދިން ސަޕްރައިޒެއް ނޫނެވެ. މިއީ ދިގު ދަތުރެކެވެ. މިއީ ހިމޭންކަމާއެކު ދެއްކި ސާބިތު ލޯތްބެކެވެ. އޭނާ ކަނޑައްތުކުރި ކޮންމެ މަގަކާއި، ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އޮތީ އެންމެ މަގުސަދެކެވެ. އެއީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ގޮތަކަށް ކައިވެންޏަށް އެދުމެވެ.

އާނއެކެވެ، މި ހުށަހެޅުމަކީ ރަސްމީ ގޮތުން ބަލައިގަނެވިފައިވާ ކަމެކެވެ. 2010 ވަނަ އަހަރު، އޭނާގެ މި ޖީ.ޕީ.އެސް ފަރުމާ ވަނީ އެ ދުވަސްވަރު ދުނިޔޭގައި ކުރެހި އެންމެ ބޮޑު ޖީ.ޕީ.އެސް ކުރެހުމުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މި ރެކޯޑަކީ އޭނާ ކަޑައްތުކުރި ދިގު ރާސްތާއާއި އޭނާގެ އުފެއްދުންތެރިކަމަށް ދެވުނު ބޮޑު އިޝާރާތެކެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ތަފާތު އަދި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔަ ކައިވެނީގެ ހުށަހެޅުމެވެ.

ނަމަވެސް، މި ރެކޯޑަށްވުރެ ބޮޑަށް މީހުންގެ ހިތްތަކުގައި ބީހިލީ މީގެ ފުން މާނައެވެ.

މި ފޮޓޯއިން ފެންނަނީ ހަމައެކަނި ބޮޑު ހަރަކާތެއް ނޫނެވެ. މިއީ ދެގޮތެއްނުވެ ސާބިތުވެ ހުރުމާއި، ފުރިހަމަ ރޭވުންތެރިކަމާއި، އަދި ގުރުބާނީގެ ނަމޫނާއެކެވެ. މިއީ ކޮންމެ ފަދަ ދިގު ރާސްތާއެއް ކަޑައްތުކުރަން ޖެހުނު ނަމަވެސް، އެކަމަށް ތައްޔާރަށް އޮތް ތެދުވެރި ލޯތްބެކެވެ.

ދުނިޔެ މިހާ ބާރަށް ކުރިއަށްދާއިރު، ގިނަ ކަންކަމަކީ ވަގުތީ ކަންކަމަށް ވެފައިވާ މި ޒަމާނުގައި، މި ހުށަހެޅުން އަހަރެމެންނަށް ހަނދާންކޮށްދެނީ ބައެއް ކަހަލަ ލޯތްބަކީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، މަޑުމަޑުން ބިނާކުރެވޭ އެއްޗެއް ކަމެވެ. ސަބަބަކީ ބައެއް ފަހަރު ކައިވެންޏަށް އެދި ބުނާ އެންމެ ނުފޫޒުގަދަ ބަހަކީ، ހަމައެކަނި ދުލުން ބުނެލާ ބަހެއްގެ ބަދަލުގައި، ވަގުތާއި، ރާސްތާއާއި، އަދި ސާބިތު ނިޔަތުގެ މައްޗަށް ބިނާވެފައިވާ ބަހަކަށް ވާތީއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top