ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެމްޕިއަން ކާލާމަންނަ ބަލިކޮށް ސްޕައިކާރސް ފައިނަލަށް! ޗެމްޕިއަން އާއި ރަނަރަޕް ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ!
މެޗުގެ މޮޅު ކުޅުންތެރިޔާ ޕައި / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް

އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” އަންހެން ޑިވިޝަންގެ ލީގު ބުރުގެ އެއްވަނަ ހޯދައި ފައިނަލްގެ ޖާގަ ސްޕައިކާރސް ހޯދައިފިއެވެ. ލީގު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ސްޕައިކާރސް ވާދަކުރިއިރު، އެ މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ކާލާމަންނަ އާއި ސްޕައިކާރސްއަށް އޮތީ ހަމަހަމަކޮށެވެ. މުބާރާތް ރާވާލާފައި އޮތްގޮތުން ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ލީގު ބުރުގެ ފަހު ދެ މެޗު ރޭގައި ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެފަހުގެ ރަނަރަޕް ޗެލެންޖާރސް އާއި ކުއީން ބީސް އެވެ. މި މެޗާއި ކުރިމަތިލީއިރު، މި މެޗުން މޮޅުވެގެން ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހުޅުވިފަ އެވެ. ލީގު ބުރުގެ ފަހު މެޗާއި ކުރިމަތިލީއިރު، ކުރިން ކުޅުނު ދެ މެޗުން ދެ ޓީމު ވެސް ވަނީ ބަލިވެފައެވެ.

މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ޗެލެންޖާރސް ކާމިޔާބުކުރީ 3 ސެޓް 0 ސެޓުންނެވެ. މި މެޗުގެ ސެޓްތައް ޗެލެންޖާރސް ކާމިޔާބު ކޮށްފައިވަނީ 2-25، 6-25 އަދި 10-25 އިންނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލީގު ބުރުގެ ތިންވަނަ ޔަގީންކޮށް ސެމީ ފައިނަލްގެ ދެވަނަ ޖާގަ ޗެލެންޖާރސް ހޯދިއެވެ.

މިވެސް ކިޔާލަން:  ދަރިވަރަކާ ބިދޭސީ ޓީޗަރަކު ކޮޓަރިއެއްގައި ތިއްބާ ހައްޔަރުކޮށްފި

މި ދެ ޓީމަށް މިހާރު ވެސް ސެމީ ފައިނަލްގެ ޖާގައެއް ޔަގީންވެފައިވާއިރު، ކުޅުނު ދެ މެޗުން ބަލިވެފައިވާ އެންމެ ފަހުގެ ރަނަރަފް ޗެލެންޖާރސް އާއި ކުއީން ބީސްއަށް ވެސް ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މި މުބާރާތުގެ ދެވަނަ ރޭ ކުޅެވުނު މެޗުތަކަށް ބަލައިލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޕައިކާރސް އާއި ކުއީން ބީސް އެވެ. މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ސްޕައިކާރސް ކާމިޔާބުކުރީ 3 ސެޓް 0 ސެޓުންނެވެ. މި މެޗުގެ ސެޓްތައް ސްޕައިކާރސް ހޯދާފައި ވަނީ 2-25، 6-25 އަދި 10-25 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެލެންޖާރސްގެ މަރިޔަމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މަރިޔަމް / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި މި މުބާރާތުގެ ފައިނަލް ޖާގައަށް ވާދަކުރާ ސްޕައިކާރސް އެވެ. ވަރުގަދަ ކާލާމަންނަގެ މައްޗަށް ސްޕައިކާރސް ކާމިޔާބު ހޯދި ސީދާ 3 ސެޓުންނެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު ފުރަތަމަ ސެޓް ސްޕައިކާރސް ކާމިޔާބުކުރީ 25-18 އިންނެވެ. ފުރަތަމަ ސެޓަށްވުރެ ދެވަނަ ސެޓްގެ ފޯރި ގަދަވި އެވެ. މެޗުގެ ކުރީކޮޅު ކާލާމަންނައިން ލީޑު ވެސް ނެގިއެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ސްޕައިކާރސް މި ސެޓް ގެންދިޔައީ 20-25 އިންނެވެ. މެޗުން މޮޅުވުމަށްޓަކައި މި ސެޓް ހޯދުން ނޫން ގޮތެއް ނެތް ކާލާމަންނައިން ވަނީ ތިންވަނަ ސެޓްގައި ކުރީ ސެޓަށްވުރެ ރަނގަޅު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ކާލާމަންނަ ލީޑުގައި ވެސް އޮތެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ސްޕައިކާރސް ލީޑު ހޯދައި 15-10 އަށް ލީޑު ފުޅާ ވެސް ކޮށްލިއެވެ. ވާދަވެރި ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް ސްޕައިކާރސް ހޯދީ 25-27 އިންނެވެ.

މިވެސް ކިޔާލަން:  ސްކައިލައިން ކައިރިން ބަދަލު ހިފައި ނެޓް ނިންޖާރސްއިން ޗެމްޕިއަންކަން ހޯދައިފި

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސްޕައިކާރސް ލީގު ބުރުގެ އެއްވަނަ ހޯދީ ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓްއާ އެކުއެވެ. ލީގު ބުރުގެ ދެވަނަ ޓީމަކީ ކާލާމަންނަ އެވެ. މި މެޗުން މޮޅުވި ސްޕައިކާރސްއަށް ފައިނަލްގެ ޖާގަ ލިބިފައިވާއިރު މި މެޗުން ބަލިވެ، ކަލާމަންނައަށް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ލިބިފައެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި ކާލާމަންނަ އާއި ޗެލެންޖާރސް އެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސްޕައިކާރސްގެ ޕައި އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top