ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެ ސުޕަރ ލީގުގެ ތިންވަނަ ހިރިލަންދޫ ހޯދައިފި
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގެ ތިންވަނަ މަގާމް ތ. ހިރިލަންދޫ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ހިރިލަންދޫ އާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން ބަލިވި ފޮނަދޫ ބައްދަލުކުރި ސެމީ ފައިނަލް މެޗު ކުޅެފައިވަނީ މިއަދު އެވެ. މި މެޗުގައި ބައްދަލުކުރި ފޮނަދޫއަކީ ގުރޫޕް އޭގެ ދެވަނަ ހޯދި ޓީމެވެ. އަދި ހިރިލަންދޫއަކީ ގުރޫޕް ބީގެ ދެވަނަ ހޯދި ޓީމެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ފޮނަދޫންނެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ލީޑު ނަގައި އެ ލީޑު ފުޅާ ވެސް ކުރިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ހިރިލަންދޫން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 14-14 އާ ހަމައިންނެވެ. ފަހަތުން އަރައި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް ހިރިލަންދޫން ލީޑު ވެސް ނެގިއެވެ. އެ ޕޮއިންޓަށް މާ ގިނައިރެއް ނުވެ ފޮނަދޫން ނަތީޖާ ހަމަހަމަކޮށް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށް ހިރިލަންދޫން ނެގި ލީޑާއިއެކު 25-23 އިން ހިރިލަންދޫން ފުރަތަމަ ސެޓް ކާމިޔާބު ކުރިއެވެ.

ދެވަނަ ސެޓްގައި ހިރިލަންދޫގެ ފަރާތުން ފެނުނީ ކުރިން ސެޓްގައި ފެނުނު ކުޅުމަށްވުރެ މޮޅު ކުޅުމެކެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ނެގި ލީޑު ސެޓްގެ މެދަކާއި ހިސާބަށް ދިޔައިރު ދެ ގުނައަށް ތަފާތު ވެސް ކޮށްލިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އިތުރު ހިތްވަރެއް ލައި މަސައްކަތް ކުރަމުންދިޔަ ފޮނަދޫން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މި ސެޓް ހިރިލަންދޫން ކާމިޔާބުކުރީ 25-21 އިންނެވެ.

މިވެސް ކިޔާލަން:  އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތް ހެއްދެވުމަށް މަޝްވަރާކުރައްވައިފި

ހިރިލަންދޫން ދެވަނަ ސެޓް ހޯދުމާއިއެކު މެޗުގެ ފޯރި ގަދަވިއެވެ. މެޗު ކާމިޔާބުކުރުމަށްޓަކައި މޮޅުވުން ނޫން ގޮތެއް ނެތް ފޮނަދޫން މި ސެޓްގައި އިތުރަށް ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޓީމުގެ ފަރާތުން އެވަރުގެ ކުޅުމެއް ނުފެނުނެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ ކުޅެމުން ދިޔައީ ހިރިލަންދޫންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ފޮނަދޫން ގިނަ މަސައްކަތްތަކެއް ކުރިއިރު، ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ހިރިލަންދޫއާ ވާދަކުރެވޭވަރުގެ ކުޅުމެއް ނުދެއްކުނެވެ. މި ސެޓް ހިރިލަންދޫން ކާމިޔާބުކުރީ 25-17 އިންނެވެ.

ސީދާ ތިން ސެޓުން ފޮނަދޫ ބަލިކޮށް މުބާރާތުގެ ތިންވަނަ ހިރިލަންދޫން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމުގެ އާފާގް ޚާން އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ވ. ފެލިދޫ އާއި ބ. ގޮއިދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top