ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިފިލްމްސްގެ “ޕާޓީ” ގައި ކޮޕީ އިއްސެގެ ބައިތައް ޝޫޓްކޮށް ނިންމާލައިފި

ދިވެހި ފިލްމީ ދާއިރާގައި މަޤްބޫލު ޕްރޮޑަކްޝަން ހައުސް، އައިފިލްމްސްއިން އުފައްދާ ކުރިއަށް އޮތް އައު ފީޗާ ފިލްމު “ޕާޓީ” ގައި ހުނަރުވެރި އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ގެ މަންޒަރުތައް ޝޫޓްކޮށް އެއްކޮށް ނިންމާލައިފިއެވެ.

މިއީ އައިފިލްމްސްއިން ކޮޕީ އިއްސެއާ އެކު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅޭގޮތުން އައިފިލްމްސްގެ ޓީމުން ބުނެފައިވަނީ، އިއްސެގެ ހުރިހާ މަންޒަރެއް ޝޫޓްކޮށް ނިމުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާގެ ފަރާތުން ފެނިގެންދިޔަ މަސައްކަތާމެދު އެއްވެސް މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި އޭނާގެ ހުނަރާއި މަސައްކަތް ފުރިހަމައަށް ދައްކުވައިދީފައިވާ ކަމަށްވެސް އެ ޓީމުން ފާހަގަކުރިއެވެ.

މީގެއިތުރުން، މި ފިލްމުގައި އިއްސެ ގެނެސްދީފައިވާ ފުރިހަމަ އެކްޓިންގ އަދި ހިތްގައިމު ހަރަކާތްތަކާއި ދައްކުވައިދިން ހަކަތަ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އައިފިލްމްސްއިން ވަނީ ހާމަކޮށްފައެވެ.

“މި ފިލްމަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބި، އެ ފަރާތްތަކުން ސިނަމާތަކަށް ޖަމާވާނެ ފިލްމެއްކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތް. މިފަދަ ފުރިހަމަ ފުރުސަތެއް އަޅުގަނޑަށް ދެއްވިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ފިލްމުގެ ކޮންމެ މަންޒަރަކީވެސް އަޅުގަނޑަށް ވަރަށް ކަމުދިޔަ މަންޒަރުތަކެއް. އަދި ޝޫޓިންގްގެ ކޮންމެ ވަގުތަކީވެސް އަޅުގަނޑު ނުހަނު ގަޔާވެގެން ހޭދަކުރި އުފާވެރި ވަގުތުތަކެއް. މި ފިލްމުގެ ޖާދޫ ބޮޑު ސްކްރީނުން ފެންނާނެ ވަގުތަކަށް އަޅުގަނޑު މިހުރީ ނުހަނު އިންތިޒާރުގަ.” މި ފިލްމާއިމެދު ކޮޕީ އިއްސެ ބުންޏެވެ.

“ޕާޓީ”ގެ ލީޑް ގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ކުއީން ނިޢުމާ މުޙައްމަދު އެވެ.

މިވެސް ކިޔާލަން:  "އޮފީސް ލޯބި"- ތެރަސްކަން ގަދަ މަޖާ ސީރީޒްގެ ސީޒަން 01 ނިމުމަކަށް!

ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުން އަންނަ ފިލްމު “ޕާޓީ” ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް އެ ފަރާތުން ބުނެއެވެ. މިއީ ތަފާތު އަދި ފޯރިގަދަ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top