ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިންމަފުށްޓާއި ގާފަރު ފެށީ މޮޅަކުން
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ކ. އަތޮޅުގެ ފުރަތަމަ މެޗު ހިންމަފުށި އަދި ދެވަނަ މެޗު ގާފަރު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. ހިންމަފުށީގައި ކުރިޔަށްދާ މި މުބާރާތުގައި މި އަތޮޅުގެ ހަތަރު ރަށަކުން ޓީމު ބައިވެރިވެފައިވެ އެވެ. އެ ރަށްތަކަކީ ހިންމަފުށްޓާއި ގުރައިދޫ އަދި ގާފަރާއި މާފުށްޓެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ގުރޫޕްގެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމު ފައިނަލަށް ދާގޮތަށް ރާވާލެވިފައިވާ މި މުބާރާތުގެ ދެ މެޗު މިއަދާއި މިރޭ ވަނީ ކުޅެފަ އެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 1

މި އަތޮޅުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހިންމަފުށްޓާއި ގުރައިދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ގުރައިދޫން ވަނީ 3 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިޝްހާފް މުޙައްމަދު ފިރާގެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހިންމަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން ނިހާލް މުޙައްމަދެވެ. ނިހާލް މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އެ ޓީމު ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން، ދެވަނަ ފަހަރަށް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ފަހަތުން އަރައި ހިންމަފުށިން ލީޑު ނެގި މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ހުޒައިފާ އިބްން ހުސައިން އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.

މިވެސް ކިޔާލަން:  މާވެލް އިން އައު ބްލެކް ޕެންތާގެ ގޮތުގައި ޑޭވިޑް ޖޯންސަން ތައާރަފުކޮށްފި

ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ހިންމަފުށިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހިންމަފުށިން ޖެހި އެ ޓީމުގެ ތިންވަނަ ލަނޑަކީ ގުރައިދޫ ޓީމުގެ ކީޕަރުގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ގުރައިދޫ ޓީމުގެ އޭރިޔާއާ ދިމާ އަރިމަތިން ހިންމަފުށްޓަށް ލިބުނު ކިކް އެ ޓީމުގެ ފަވާޒް ނަސީރު ފޮނުވާލީ ސީދާ ގޯލާއި ދިމާއަށެވެ.

ހިންމަފުށިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. މެދުރޮނގު ކައިރިން ހިންމަފުށީގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝިޔާން އެވެ.

4-1 އިން ހިންމަފުށި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ނިހާލް މުޙައްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ނިހާލް މުޙައްމަދު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 2

ދެވަނަ މެޗުގައި ބައްދަލުކުރީ ފުޓްސަލްގެ ގަދަ ބާރެއްގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރު ގާފަރާއި މާފުށްޓެވެ. މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ގާފަރުން ވަނީ މި މެޗުގެ 40 ވަނަ ސިކުންތުގައި ލީޑު ނަގާފަ އެވެ. އެ ޓީމުގެ ކެޕްޓަން ރިމާހް ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅައެއް މާފުށީ ކުޅުންތެރިއަކު ދިފާއުކުރުމުން، ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އައްޒާމް ނިޔާޒެވެ.

މިވެސް ކިޔާލަން:  ފަހަތުން އަރައި ސިފައިން ބަލިކޮށް ވެމްކޯ ޗެމްޕިއަންކަން ހޯދައިފި

ނަތީޖާ ހަމަހަމަ ކުރުމަށް މާފުށިން މަސައްކަތްކުރަމުން ދަނިކޮށް ޝަނާން ރަޝާދު ވަނީ ގާފަރުގެ ލީޑު ފުޅާކޮށްދީފަ އެވެ. ޝަނާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ކީޕަރު އެއްލި ބޯޅައެއް ގުރައިދޫ ހާފުގެ މެދަކާއި ހިސާބުން ހޯދައި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގާފަރުގެ ތިންވަނަ ލަނޑު ޖަހައިދިނީ އައްޒާމް ނިޔާޒެވެ.

ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ގާފަރުން ވަނީ 11 ވަނަ މިނިޓްގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. ގުރައިދޫ ޓީމުގެ އޭރިޔާ ބޭރުން ގޯލު ކުރިމަތިން ލިބުނު ފްރީކިކް ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްޒާމް ނިޔާޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ދެވަނަ ހާފުގައި މާފުށިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެ ޓީމުން ވަނީ ހޯދާފަ އެވެ. މެޗުގައި މާފުށިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ 17 ވަނަ މިނިޓްގައި އިބްރާހިމް އަމީރެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު މާފުށިން ވަނީ މި ހާފުގެ 20 ވަނަ މިނިޓާއި ހަމައަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފައްޓާލާފަ އެވެ.

ގާފަރުން އެ ޓީމުގެ ހަވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޖަހައިދިނީ އިބްރާހިމް ރިމާހް އެވެ. މި ނަތީޖާއާއެކު ނިމިދާނެކަމަށް ހީވި މެޗު ނިމުމުގެ ކުރިން ޝަނާން ރަޝާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޝަނާން މި ލަނޑު ޖަހާފައިވަނީ ޕަވަރޕްލޭއަށް މާފުށީ ކީޕަރު ކުރިޔަށް އަރައި ހުރި ވަގުތެއްގައި މެދުރޮނގު ކައިރިން ލިބުނު ބޯޅަ، މުޅިން ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ކުލެސިކް މުބާރާތުގެ ފައިނަލަށް ކުރިމިނަލް ކޯޓާއި ކުލަބް ބިނާރާ ދަތުރުކޮށްފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރު ޓީމުގެ އައްޒާމް ނިޔާޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top